ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގެ ޖަމިއްޔާއެއް ކަމަށްވާ، ކުމުންދޫ ޔޫތު ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ބާއްވާ ރަންތަރި ޤުރުއާން މުބާރާތައި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ އެ ޖަމިއްޔާއިން މިގޮތަށް މި ދެމުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. މި އަހަރު މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވާން އޮންލައިންކޮށް ފޯމް ފުރިހަމަ ކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ ޕޭޖުގައިވާ މުބާރާތުގެ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް އެ ޖަމިއްޔާއިން އެދެއެވެ. އަދި މުބާރާތުގައި ބައިވެރިވާން ހުށަހަޅާ ފޯމް އެ ރަށު ބުލޫ ވިން ފިހާރައިން ލިބެން ހުންނާނެއެވެ. ބައިވެރިވުމަށް ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތްތައް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ދަރިވަރުންގެ މެދުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި އެ ރަށުގައި ދީނީ ވެއްޓެއް ޤާއިމް ކުރުމެވެ.