ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ނުނިމިދިގުލައި ދިޔުމަކީ އެފަދަ މީހުންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް އަދި ތަކުލީފެއްކަމަށާއި، އެފަދަ މީހުން ބަންދުގައި ތިބޭ މުއްދަތު އަވަސް ކުރުން މުހިންމުކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ.

އަނާރާ މިހެން ވިދާޅުވީ، މި އަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ތިން ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މި ޖަލްސާފައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުން އަނާރާ ވިދާޅުވީ، އަދުލުއިންސާފަކީ ގައުމެއްގެ ނިސްބަތުން މުހިންމު ދާއިރާ ކަމަށެވެ. އެހެންކަމުން ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރުމާމެދު ކޮމެޓީން ދެކޭގޮތް ނިންމުމަށް ކުރިއަށް ގެންދިޔަ އިންޓަވިއުގައި އައްބާސް އާއި މުހިންމު، މައިގަނޑު ދެ ސުވާލެއް ކުރެއްވިކަމަށް އަނާރާ ވިދާޅުވިއެވެ.

''ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭފަތްތަކާއި ކިހިނެތްތޯ އަމަލުކުރާނީ، އެކަމަށް އައްބާސް ގެންގުޅުއްވަނީ ވަރަށް ރަނގަޅު ތަަސަައްވުރެއް، މުއްދަތު އަވަސްކޮށްދެއްވަން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި، ހަގީގަތުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭއިރު ރައްޔިތުންނަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވޭ، ވަޒީފާގެ ފުރުސަތު ނެތުމާއި، އެހެން ހުންނައިރު އޭނާ ހުންނަނީ ޝަރީޢަތެއްގެ ތެރޭގައި، އެ ހުންނަ މުއްދަތު ދިގުވުމުން ތަކުލީފުތަކާއި ކުރިމަތިވޭ، އެހެންކަމުން މި މުއްދަތު އަވަސް ކުރުން މުހިންމު'' އަނާރާ ވިދާޅުވެފައެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އަނާރާ ފާހަގަކުރެއްވީ، ދައުވާ އުފުލުމުގައި ހަމަކަމާއެކު އިންސާފުވެރިކަމަށް ބެލުމެވެ.

''މާޒީގައި ފެނިފަވޭ، ރައްޔިތުން ޝަކުވާ ކުރޭ، ސިޔާސީ ގޮތުން އުފުލިފައިވާ ދައުވާއޭ، މުސްތަގުބަލުގައި އެފަދަ ވާހަކައެއް އިވޭކަށް އަޅުގަނޑު ބޭނުމެއްނޫން، އަޅުގަނޑު ޔަގީން ކުރަން އަދުގެ ސަރުކާރުން އަދުލު އިންސާފުގެ ދާއިރާ ފުރިހަމަކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއްކުރަށްވާއިރު، އާ ޕީޖީގެ ފަރާތުން ވެސް ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށް'' އަނާރާ ވިދާޅުވެފަވެއެވެ.

މިއަދުގެ ޖަލްސާގައި ވަނީ ޕީޖީގެ މަޤާމަށް އައްބާސް ޝަރީފް ޢައްޔަނުކުރަން 85 މެންބަރުންގެ ވޯޓުން ފާސްކޮށްފައެވެ.