އެމްޑީޕީން އުތުރުގައި ބާއްވާ "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ފަށައިފި އެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން އުތުރުގައި ބާއްވާ ތިލަދުންމަތީ އިރުވައި ކޮންފަރެންސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. ކުޅުދުއްފުށި ސިޓީގެ އެއީސީ ހޯލްގައި މިއަދު 9:00ގައި ފެށި މި ކޮންފަރެންސް ތައާރަފް ކޮށްދެއްވީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ދުވާލެއްގެ މައްޗަށް 74 ރުފިޔާ ލިބެންޖެހޭނެ ކަމަށާއި މާލޭގައި މި މިއަދަދު ނިލިބޭ ޕަސަންޓަކީ 1.7 ޕަސަންޓު ކަމަށެވެ. ނަމަވެސް އަތޮޅުތަކުގައި މި ޕަސަންޓު ނިލިބޭ 12 ޕަސަންޓު އެބަތިބިކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގައި މިއަދަދު ނުލިބޭ މީހުންގެ ޕަސެންޓޭޖަކީ، ވަޒީފާ އަދާކުރާ މީހުންގެ ޕަސެންޓޭޖަކީ 1.7 ޕަސެންޓް. އެއާ ހިލާފަށް އަތޮޅުތަކުގައި އެބަ އުޅޭ 12.8 ޕަސެންޓް. މި ފަަރު ނައްތާލަން އަޅުގަނޑުމެން މިއުޅެނީ. - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މިނިމަމް ވޭޖް ކަނޑައެޅުމުގައި ވިސްނަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށާއި ބޮޑެތި ވިޔަފާރިތަކުގައި ވަަޒީފާ އަދާ ކުރާ ފަރާތްތަކާއި ކުދި ވިޔަފާރިތަކުގައި މަސައްކަތް ކުރާ މީހުން ތިބިއިރު އެކި ދާއިރާތަކުގައި ތަފާތުތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ތިލަދުންމަތީ ރަށް ތަކުގައި ތިއްބެވި އެމްޑީޕީގެ ތިލަދިންމަތީ މަޖިލިސް މެމްބަރުންނާއި، ދާއިރާ ތަކުގެ ރައީސުންނާއި، ކައުންސިލަރުންނާއި، އެމްޑީޕީގެ ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ކުރިޔަށަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް އެދި ފޯމް ހުށައަޅުއްވާފައިވާ ފަރާތްތަކުގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ޓީމު ތަކުގެ މެމްބަރުންނެވެ.
#އެޖެންޑާ19ރަށަށް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ތިލަދުންމަތީ އިރުވައި ކޮންފަރެންސް ހުޅުއްވައި ދެއްވައިފި pic.twitter.com/xL63XFy6Cp— MDP Secretariat (@MDPSecretariat) January 15, 2020
އެމްޑީޕީއިން ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެމްޑީޕީގެ ވަފުދު މާލެ ދިއުމަށް ފުރާނީ މިރޭ 12:00 ޖަހާއިރު ސީކުއީން ބޯޓުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!