ކާނާ ހޯދުމަށް: ގަސްތަކުން މާތަކުގެ ފޮނި، ގަހަށް ގެއްލުންދޭ އެފިޑްސް ފަދަ ސޫފި އުފައްދާ ފޮނިދިޔަ، ނުވަތަ ހަލާކުވަމުންދާ ގަސްގަހާގެހީގެ ބައިތަކާއި ގަސް ބުޑަށް އަޅާ ރޯ ކާނާގެ ބައިތައް ކެއިބޮއެހެދުމަށް ހިނި ޖަމާވެއެވެ.

އެފިޑްސް އާއި ހިނީގެ ގުޅުން: އެފިޑަކީ އުކުނު ސިފައަށް ތިބޭ ރީނދޫ ނުވަތަ މުށިކުލައިގެ ކުޑަ ސޫއްޕެކެވެ. މިއީ ހުދު ކޫޑި ފަދައިން ގަހުން ދިޔަ ބޯ ސޫއްޕެކެވެ. ހިނި ގަސްތަކުގައި އެފިޑްސް އަށް ރައްކާތެރިކަން ފޯރުކޮށްދެއެވެ. ބަދަލުގައި އެފިޑްސް އުފައްދާ ފޮނިދިޔަ (ހަނީޑިއު) ހިންޏަށް ބޯން ލިބެއެވެ.

Ad
rt

ހިނި ޖަމާވާ ޒާތުގެ ތަކެތި ވަޅުލުނަ: ބައެއް ޒާތުގެ ކުނި (ތަރުކާރީ، މޭވާ، މަސް ފަދަތަކެތި) ރޯކޮށް ހުއްޓައި ގަހުގެ ބުޑުގައި ވަޅުލުމުން އެތަކެތި ކައިހެދުމަށް ހިނި ޖަމާވެއެވެ.

ރައްކާތެރިކަން ހޯދުން: ހިނި ފިނި، ހޫނު، ތެތްކަން އަދި ވާރެއާއި ވައިން ރައްކާތެރިކަން ހޯދުމަށް އެހެންތަނެއް ނެތިއްޖެ ނަމަ ފަތްތައް ބޯ، އެގަހެއްގެ ބުޑުގެ ފަސްގަނޑު އުސްކޮށް ހަރުކޮށް ހުންނަ ގަސްގަހުގެ ބުޑަށް ޖަމާވެއެވެ. ގަސް ބުޑުގައި އުޅޭ ހިނި ގަހަށް އަރައެވެ.

ގަހުގައި ހިނި އުޅުމަކީ މައު ޖޯޑުވުމަށް އެހީވެދޭ ކަމެކެވެ. ނަމަވެސް އެފިޑްސް ނުވަތަ އެހެން ސޫއްޕެއް ގަހުގައި އުޅެ، ހިނި ޖަމާވާނަމަ އެ ސޫފިތައް އަދި ހިނިތައް ވެސް ކޮންޓްރޯލުކުރަން މަސައްކަތްކުރަން ޖެހެއެވެ. ގަހުގެ ފަތްތަކާއި ބައިތަކުގައި މާގިނައިންނހިނި އުޅޭނަމަ ނީމް އޮއިލް ސްޕްރޭކުރެވިދާނެ އެވެ.

ކެމިކަލް ބޭސް، ސެވިން، ބޭނުންކުރާނީ އެނޫންގޮތެއް ނެތްނަމަ ރައްކާތެރިކަން އިސްކޮށްގެނެއެވެ. ފަސްގަނޑުގައި ހިނި ހޮރު ހަދައިގެން އުޅޭނަމަ ރަނގަޅަށް އަދި އާދަވެގެން ފެންދޭށެވެ. އަދި އެޕަލް ސައިޑަރ ވިނެގާ ފެނަށް ގިރާފައި ސްޕްރޭކުރެވިދާނެއެވެ. ހިންޏަށް ގޯނާކުރުމުގެ ކުރިން 3 ފަހަރު ހިނިތައް އެތަނެއް ދޫކޮށްދިޔުމަށް ބުނުމަކީ އެންމެ ރަނގަޅުގޮތްކަމުގައި ދެކެމެވެ.