އަންނަ އޭޕްރިލް 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހދ. ކުޅުދުއްފުށި ސިޓީގެ ގޮނޑިތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅާލައިފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ހދ. ކުޅުދުއްފުށި ސިޓީގެ ގޮނޑިތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުހުޅުވާލީ މިއަދުއެވެ. މިކަމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ކަމަށް އެމްޑީޕީއިން ހާމަކޮށްފައި ވެއެއެވެ.

Ad
rt

އިލެކްޝަންސް ކޮމިސަނުން މިއަދުވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓުޢާންމުކޮށް، އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމާއި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު އިތުރުކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީތަކުގެ މޭޔަރު ކަމަށް ވާދަ ކުރުމަށް އެމްޑީޕީގެ ޓިކެޓަށް އެދި 14 ބޭފުޅަކު ފޯމް ހުށައަޅާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެގޮތުން މާލެ ސިޓީން ހަތް ބޭފުޅުން، އައްޑޫ ސިޓީން ތިން ބޭފުޅުން އަދި ފުވައްމުލަކު ސިޓީން ހަތަރު ބޭފުޅުން ކުރިމަތި ލައްވާފައިވާކަމަށް އެމްޑީޕީއިންވަނީ ހާމަކޮށްފައެވެ.