ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން އިތުރު 15 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮަޕަރޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
ފުލުހުން މިއަދު ބުނީ، މި އޮޕަރޭޝަންގެ ތެރެއިން ޖުލައި 8 ވަނަ ދުވަހު، މާލެ އާއި ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ރީޓެއިލް ފިހާރަތަކާއި، ޓޭކްއަވޭ ކޮފީޝޮޕްތަކުގެ ތެރެއިން 3 ތަނެއް ޗެކްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުން 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ޖުލައި 9 ވަނަ ދުވަހުގެ އޮޕަރޭޝަންގައި ވަނީ މިފަދަ 4 ތަނެއް ބަލައި ޗެކްކޮށް، 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މިރޭވެސް ވަނީ މާލެ ސަރަހައްދުގައި ބިދޭސީން ވިޔަފާރިކުރަމުންދިއަ 04 ތަނެއް ބަލާ ފާސްކޮށް، ބިދޭސީ 05 ފިރެހެނަކާއި 01 އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. pic.twitter.com/bOv3gafUWI
— Maldives Immigration (@ImmigrationMV) July 9, 2024
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންގައި ރީޓެއިލް ފިހާރަތައް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ބިދޭސީންގެ ބޮޑެއް ހޯމަދުވަހުގެ ރޭ ވަނީ އަތުލައިގެންފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން މި ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބެންދެން ހުއްޓާނުލާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!