ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ރަސްމީކޮށް ހުޅުވައިފިއެވެ.

ހ.ވެޔޮވިލާގައި ހުންނަ މިޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ ޕީއެންސީގެ ރައީސް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad
rt

ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން، ޕީއެންސީގެ މަޖްލިސް މެމްބަރުންނާއި، ޕްރޮގްރެސިވް ކޮންގްރެސްއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މިދިޔަ 7 މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީގޮތުން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ރައްޔިތުން ދީފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ހާސިލުކުރުމުގެ މަސައްކަތްކަމަށެވެ.

ޕީއެންސީ ޖަގަހަ ހުޅުވިގެންދިޔަ އިމާރާތަކީ މީގެ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި އިމާރާތެވެ.