ގަސް ކުއްލިއަކަށް މިލައި މޯޅިވާން މެދުވެރިވާ އެންމެ މައިގަނޑު ސަބަބަކީ މޫތަކަށް މައްސަލައެއް ކުރިމަތިވުމެވެ. ގަހަށް ފެން ނަގައިދެނީ މޫތަކުން ކަމަށްވާތީ، މުލަށް މައްސަލަ ކުރިމަތިވުމުން ގަހަށް ބޭނުންވާ މިންވަރަށް ފެން ނަގައިދިނުމަށް ހުރަސް އެޅެނީއެވެ. އެންމެ ހޫނު ގަދަވެގެން އަންނަ ވަގުތު މޯޅިވެފައި ހަވީރު ފިނިޖެހުމުން ގަސް ރީތިވަނީ މިހެންވެއެވެ.

މުލަށް ކުރިމަތިވާ އެއް މައްސަލައަކީ ގެއްލުންދޭ ނެމަޓޯޑު މުލުން ދިޔަބުއިމުން މޫތައް ގޮއްޖެހުމެވެ. އަނެއް މައްސަލައަކީ ފަސްގަނޑުގެ ތެތްކަން ހުންނަން ޖެހޭ މިންވަރަށްވުރެ އިތުރުވެ ދިގުދެމިގެން ދިޔުމުން މޫތައް ގިރުމާއި ފީވުމެވެ.

Ad
rt
މިލާ މޯޅިވާ ވިލާތުބަށި ގަހެއް

ނެމަޓޯޑަކީ ފަސްގަނޑުގައި އުޅޭ ވަރަށް ކުދި ފަނިތަކެކެވެ. މިއީ ގުދުރަތީ ނިޒާމުގައި މުހިއްމު މަޚުލޫޤުންތަކެކެވެ. ނަމަވެސް ގަހުގެ މުލަށް ގެއްލުންދޭ ވައްތަރުގެ ނެމަޓޯޑު މޫތަކުން ދިޔަ ބޮނީއެވެ.

ނެމަޓޯޑު ކޮންޓްރޯލުކުރުމަށް ނެމަޓިސައިޑެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް މިއީ އެންމެ ރަނގަޅުގޮތެއް ނޫނެވެ.

ރަނގަޅު ގޮތަކީ ނެމަޓޯޑުގެ އާބާދީ އިތުރުވެގެން ދިޔުމަށް މަގުފަހިވާ ކަންކަމަށް ގެނެވެން ހުރި ބަދަލުތައް ގެނައުމެވެ. މިސާލަކަށް ބިންގަނޑު ހޫނުވެގެން ދިޔުން ކުޑަކުރުމަށް މަލްޗުކުރެވިދާނެއެވެ. މަލްޗުކުރުމަކީ ފަތާއި ހުއި ފަދަ ތަކެތި ފަތުރައިގެން ބިންގަނޑު ފޮރުވުމެވެ. ބަދަލުގައި ސަތަރިފަދަ އެއްޗެއްވެސް އެޅިދާނެއެވެ.

މޫތަކުގައި ގޮއްޖެހިފައި

ބިމުގެ ތެތްކަން ހިފެހެއްޓިފައި ހުންނަ މިންވަރާއި މުއްދަތު ކުޑަކުރުމަށް ގަސް އިންދާ ފަސްގަނޑަކީ ދޫ ފަސްގަނޑަކަށް ހެދުން މުހިއްމެވެ. އެހެން ހެދުމަށް ކަޅު ހިމުން ފަހާއި އެއަށްވުރެ ފުއް ބޮޑު ވެލި އެއްކުރެވިދާނެއެވެ. ބަދަލުގައި ޕާލައިޓު އެއްކުރެވިދާނެއެވެ. ޕާލައިޓަކީ ކުދި ލުއި ހިލަކޮޅުތަކެކެވެ.

މޫ ފީވެފައި

އިންދައިގެން ހައްދަމުންދާ ގަހެއް ނަމަ މިފަދަ ފަސްގަނޑަކަށް ފަސްގަނޑު ބަދަލުކޮަށް ގަސް އަލުން އިންދިދާނެއެވެ. މިގޮތަަށް ހަދަން ގަސް އުފުރާލާއިރު މޫތައް ރަނގަަޅަށް ދޮވެލަންވާނެ އެވެ.