މިއަހަރުގެ އަޟްހާ އީދާއި ގުޅިގެން މާލޭގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުންކުރާ މަސައްކަތްތައް އިތުރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި އަހަރުގެ އަޟްހާ އީދު (ބޮޑު އީދު) ދިމާވަނީ މާދަމާ އަށެވެ. އީދު ބަންދާއި ގުޅިގެން ގިނަ ބަޔަކު ވަނީ ޗުއްޓީ އަށް އަތޮޅު ތެރެއަށާއި، ރާއްޖޭން ބޭރަށް ފުރާފައެވެ.

Ad
rt

އެހެންކަމުން އީދުގެ ތައްޔާރީތަކަށް ގިނަ ބަޔަކު ބާޒާރަށް ނުކުތުމުން ފާއިތުވި ހަތަރު ފަސް ރޭ މާލޭގެ ޓްރެފިކަށް ވަނީ ވަރަށް ބާރު ބޮޑުވެފައެވެ. އެހެންވެ ޓްރެފިކް ބަލަހައްޓަން ވެސް ވަނީ އިތުރު ފުލުހުން ނުކުމެފައެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، އަޟްހާ އީީދު ބަންދާއި އީދުގެ ތައްޔާރީތަކަށް މާލޭ ގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުންކުރާ މަސައްކަތްތައް އިތުރުކޮށްފައިވާ ކަމަށެވެ.

އީދު ބަންދަށް ފުރައިގެން ދާއިރު ގެދޮރާއި، މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅާފައި ބެހެއްޓުމަށް ކުރިން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އެއީ ޗުއްޓީ އަށް ފުރައިގެން ދިޔުމުން ވަގުންގެ ކިބައިން މުދަލާއި ގެދޮރު ރައްކާތެރިކުރުމުގެ ބޭނުމުގައެވެ.

ވެރިރަށް މާލޭގެ އިތުރުން އަޮޅު ތެރޭގައި ވެސް ކުލަގަދަކޮށް އީދު ފާހަގަކުރަން ވަނީ ތައްޔާރުވެފައެވެ.