ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ.
މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ އެޕާޓްމަންޓެއްގައެވެ.
އެއީ ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އިރުގައި ދިރިއުޅުއްވި އެޕާޓްމަންޓެވެ.
ނައިބު ރައީސް އެ ގޭގައި މި ވީ ހަތަރު މަސް ދުވަހު ދިރިއުޅުއްވަން ޖެހިވަޑައިގަތީ ހިލާލީގެ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިގެންނެވެ.
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހު މުލިއާގެއަށް ބަދަލުވެވަޑައިގެންނެވީ ވެސް އެ ގެ ވަރަށް ބޮޑަށް މަރާމާތުކޮށްފައެވެ. އެމަނިކުފާނު އެހާ ތަނަށް ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!