ހދ. ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެއް އިންޖީނު ހަލާކުވެ އެ ރަށުން ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި ވަނިކޮށް އާ ޖަނަރޭޓަރެއް ގެންގޮސް ރަށަށް 24 ގަޑިއިރު ކަރަންޓު ދޭން ފަށައިފިއެވެ.

ފެނަކަ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. ވައިކަރަދޫ ފެނަކައިން އެ ރަށަށް ކަރަންޓް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން އަންނަ ދެ އިންޖީނުގެ ތެރެއިން މައްސަލަ ޖެހުނީ ބޮޑު އިންޖީނަށެވެ.

Ad
rt

އެހެންވެ، ހަފްތާއަކަށް ވުރެ ގިނަ ދުވަސްވަންދެން އެ ރަށުން ކަރަންޓު ކަނޑަމުން ދިޔައެވެ.

ވައިކަރަދޫއިން މި ނޫހާއި ވާހަކަ ދެއްކި މީހަކުބުނީ ބޮޑު އިންޖީނު ހަލާކުވުމުން ކުޑަ އިންޖީނު ބޭނުން ކޮށްގެން މިވީހާ ތަނަށް ކަރަންޓު ދެމުން ގެންދިޔަ ނަމަވެސް މުޅިރަށަށް ބޭނުންވާވަރަށް ކަރަންޓް އުފައްދައިނުދޭތީ ރަށް ހަބަޔަކަށް ބަހާލައިގެން ކޮންމެ ބަޔަކަށް އެއް ގަޑިއިރަށް ކަރަންޓް ދެމުން ދިޔަ ކަމަށެވެ.

ކަރަންޓް ނެތުމުން ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ވެސް ބޮޑެތި ދަތިތަކާއި ކުރިމަތިވިއެވެ. އެހެންވެ، އެ ރަށުގެ ރައްޔިތުން މުޒާހަރާ ވެސް ކުރިއެވެ.