ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ މާގަލަ، އައިމިނަތު ޝާޔާ މުޙައްމަދު ޝާހިދުއަކީ ވަރަށް ކުޑައިރުން ފަށައިގެން ޤުރުއާން އަޑުއަހަން ލޯބިކުރި ކުއްޖެކެވެ. އެ ހިސާބުން ފަށައިގެން އޭނާ ވަނީ ޤުރުއާން ދަސްކުރަން މަސައްކަތް ފަށާފައެވެ.
އެންމެ އަލިގަދަ ތަރި މުބާރާތަކީ ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު އެއް މުބާރާތަށް ވެފައި މި މުބާރާތުގައި ޤުރްއާން ޢިލްމާއި ތަޖުވީދުގެ އިތުރުން ދިގުރާގަށް ކިޔެވުމުގެ ފުރުސަތު ލިބުމާއި، މުބާރާތުގެ އުސްތާޒުންގެ ފަރާތުން ޤުރުއާނާއި ގުޅޭ ތަފާތު މައުލޫމާތު ލިބިގެން ދިޔުމަކީ އޭނާ މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވި ސަބަބުތަކެވެ.
ޝާޔާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޝާޔާ ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 2015 - ނޫރުލް ޤުރްއާނުން ބޭއްވި 1 ވަނަ މުބާރާތުން 6 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ
- 2015 - ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ ބޭއްވި ޤުރްއާން މުބާރާތުން 6 އަހަރުން ދަށުގެ ބައިން ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ
- 2016 - ހއ.އަތޮޅު އަޢުލީމީ މަރުކަޒުން ބޭއްވި އިންޓަރ ހައުސް ޤުރްއާން މުބާރާތް 1437 ގެ 7 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ
- 1437 - ދިއްދޫ ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތުން 7 އަހަރުން ދަށުން ބަލއިގެން ކިޔެވުމުގެ ގޮފިން 2 ވަނަ
- 1438 - ދިއްދޫ ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތުން 9 އަހަރުން ދަށުން ބަލއިގެން ކިޔެވުމުގެ ގޮފިން 2 ވަނަ
- 2017 - ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ 5 ވަނަ ޤުރްއާން މުބާރާތުން 9 އަހަރުން ދަށުން ބަލއިގެން ކިޔެވުމުގެ ގޮފިން 3 ވަނަ
- ހއ.އަތޮޅު އަޢުލީމީ މަރުކަޒުން ބޭއްވި އިންޓަރ ހައުސް ޤުރްއާން މުބާރާތް 1439ގެ 5 ފޮތުން ބަލައިގެން ކިޔެވުމުގެ ގޮފިން ގަދަ 5 ގައި ހިމެނުން
- 2019 - ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ 6 ވަނަ ޤުރްއާން މުބާރާތުން ގުރޭޑް 4 ގެ ބައިން ބަލއިގެން ކިޔެވުމުގެ ގޮފިން 2 ވަނަ
- 2020 - ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުޤުރްއާން މުބާރާތުން ގުރޭޑް 4 ގެ ބައިން ބަލއިގެން ކިޔެވުމުގެ ގޮފިން 3 ވަނަ
- 1443 ހއ.ދިއްދޫ އެންމެ އަލިގަދަތަރި މުބާރާތުން 10 ވަނަ
- 1444 ހއ.ދިއްދޫ އެންމެ އަލިގަދަތަރި މުބާރާތުގެ ގަދަ 20 ބައިވެރިންގެ ތެރޭގައި ހިމެނުން
- 2023 - ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޫރުލް ޤުރްއާން މުބާރާތުގެ ކީސްޓޭޖް 3 ގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ
- 2023 - ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ 8 ވަނަ ޤުރްއާން މުބާރާތުން ގުރޭޑް 4 ގެ ބައިން ބަލއިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ، އަދި މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ
ޤުރުއާން އުނގެނި ދަސްކުރުމުގެ ނިއުމަތް ދެއްވީތީ ޝާޔާ ﷲ އަށް ހަމްދުކުރެއެވެ. މީގެއިތުރުން ޤުރުއާންގެ އިލްމު އުނގައްނައި ދިނުމުގައި އޭނާއަށް އެހީތެރިވެ ދެއްވި އަދި ދެއްވަމުން އަންނަ މަންމަ އާއި ބައްޕަ، މުޅި އާއިލާ، އެކުވެރިން، ކުޑައިރު ގުރްއާން ކިޔަވާދެއްވި ލަތިއްތަ، ނޫރުލް ޤުރްއާންގެ ފާންތަ، އައިސްތު ތަހުމީނާ މިސް، މަރިޔަ މިސް، ޝާފިޔާ މިސް، ޝިޔާޒް ސަރ، ޗޭނުޖަމިއްޔާގެ މުދައްރިސް މީޒާން ސަރ، ހައްވަ މިސް، ސުހާނާ މިސް، ޗޭނު ޖަމިއްޔާގެ ހުރިހާ މުވައްޒަފުން، ސޮބާހް ސައ، އަޝްރަގް ސަރ، ޝަރީފް ސަރ، މުބާރާތްތަށް ހިންގާ މިޑިލް ސްޕޯޓްސް ކުލަބުގެ އެންމެހާ މެމްބަރުންގެ މަސައްކަތް ފާހަގަކޮށް އޭނާ ޝުކުރު އަދާކުރެއެވެ.
ލިބޭ ހުސްވަގުތުގައި ޤުރުއާން ކިޔެވުމާއި ސްކޫލުންދޭ ފިލާވަޅުތައް ހެދުމާއި ދަސްކުރުމާއި އެކުވެރިންނާއި އެކު ވަގުތު ހޭދަކުރުމުގެ އިތުރުން ގޭތެރޭ މަންމައަށް އެހީތެރިވެދިނުމަކީ ޝާޔާ ކުރާ ކަންކަމެވެ
މުބާރާތުގެ ހުރިހާ ބުރެއްގައި ވެސް ރަނގަޅު ނަތީޖާ ހޯދާ މުބާރާތުގެ ފައިނަލުގައި ވާދަ ކުރުމަކީ އޭނާގެ އުންމީދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!