ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ވައްޓަރު، ޢާއިޝަތު ރީޝް ނަސީމްއަކީ އެންމެ ކުޑައިރުއްސުރެ ގޭގައި ޤުރުއާން ކިޔަވައި، ކުލާސްތަކަށް ގޮސް ޤުރުއާން އުނގެނެން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. އޭނާ ހިތުގައި އަބަދުވެސް ޤުރުއާނަށް ހާއްސަ މަގާމެއް ދެވިފައި އޮތެވެ. ނަމަވެސް ޤުރުއާން ހިތުދަސްކުރަން މަސައްކަތް ފެށި ހިސާބުން އޭނާގެ ހިތުގައި ޤުރުއާނާއިމެދު އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ.

ރީޝް މި މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވި ސަބަބުތަކުގެ ތެރޭގައި މި މުބާރާތަކީ އެކި ކެޓަގަރީތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތަކަށް ވުމާއި، މި މުބާރާތަކީ އެކި އުމުރުފުރާގެ ކުދިންނާއި ވާދަކޮށް ކާމިޔާބު ހޯދަންޖެހޭ މުބާރާތަކަށް ވުމުގެ އިތުރުން ލިބިފައިވާ ހުނަރެއް ދައްކާލުމުގެ ފުރުސަތު ލިބުން ހިމެނެއެވެ. އަދި މި މުބާރާތަކީ ޤުރުއާނުގެ އިލްމުގައި އިތުރު ކަންކަން ދަސްވެގެންދާ މުބާރާތަކަށް ވުމީ ވެސް އޭނާ މި މުބާރާތާއި މެދު ޝައުގުވެރިކަން އިތުރުވި ސަބަބުތަކެވެ.

Ad
rt

ރީޝް ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ރީޝް ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް

  • 1437 ވަނަ އަހަރު ރަމަޟާންމަހު ހއ.ދިއްދޫ ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތުން އެލް.ކޭ.ޖީ ބައިން 2 ވަނަ
  • 1438 ވަނަ އަހަރު ރަމަޟާންމަހު ހއ.ދިއްދޫ ކައުންސިލުން ބެއްވި 7 ވަނަ ޤުރްއާން މުބާރާތުން 6 އަހަރުން ދަށުގެ ބައިން ނުބަލާ ކިޔެވުމުން 1 ވަނަ އަދި މި މުބާރާތުގެ ގޮފިން 2 ވަނަ އަދި މުޅި މުބާރާތުން 2 ވަނަ
  • 1438 ވަނަ އަހަރު ހއ.އަތޮޅު ތަޢުލީމީ މަރުކަޒުން ބޭއްވި ޤުރްއާން މުބާރާތުން 6 އަހަރުން ދަށުގެ ބައިން ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ
  • ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ 5 ވަނަ ޤުރްއާން މުބާރާތުން 6 އަހަރުން ދަށުން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ
  • ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ބޭއްވި ޤުރްއާން މުބާރާތުން 6 އަހަރުން ދަށުގެ ބައިން ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ
  • ޗޭނު ޖަމިއްޔާގެ 6 ވަނަ ޤުރްއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން ގްރޭޑް 1 ގެ ބައިން 1 ވަނަ
  • 1440 ވަނަ އަހަރު ރަމަޟާންމަހު ދިއްދޫ ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން 9 އަހަރުން ދަށުން 2 ވަނަ
  • ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުރްއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން ގްރޭޑް 2 ގެ ބައިން 2 ވަނަ
  • 1442 ވަނަ އަހަރު މިޑްލް ސްޕޯޓްސް ކްލަބުގެ 1 ވަނަ ޤުރްއާން މުބާރާތުން 11 އަހަރުން ދަށުގެ ބައިން ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ
  • ޗޭނު ޖަމިއްޔާގެ 8 ވަނަ ޤުރްއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން ގްރޭޑް 3 ގެ އުމުރު ފުރާއިން 1 ވަނަ އަދި ގޮފިން 3 ވަނަ
  • ޗޭނު ޖަމިއްޔާގެ 9 ވަނަ ޤުރްއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން ގްރޭޑް 4 ގެ ބައިން 3 ވަނަ
  • 1443 ވަނަ އަހަރު ރަމަޟާން މަހު ދިއްދޫ ކައުންސިލުން ބޭއްވި 10 ވަނަ ޤުރްއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން 11 އަހަރުން ދަށުން 2 ވަނަ
  • ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްލާމް ކުލަބުން ބޭއްވި "ނޫރުލް ޤުރްއާން މުބާރާތް 1443" ޤުރްއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން 11 އަހަރުން ދަށުން 2 ވަނަ އަދި މުޅި މުބާރާތުން 3 ވަނަ
  • 2022 ސެޕްޓެމްބަރު 22 ން 24 އަށް ބޭއްވުނު އަތޮޅު ޤުރްއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ އަދި ކީސްޓޭޖް 2 އިން 2 ވަނަ
  • ހއ.ދިއްދޫ އެންމެ އަލިގަދަތަރި 1443 ޤުރްއާން މުބާރާތުން 7 ވަނަ
  • ހއ.ދިއްދޫ އެންމެ އަލިގަދަތަރި 1444 ޤުރްއާން މުބާރާތުން 6 ވަނަ
  • 34 ވަނަ ޤައުމީ މުބާރާތުގައި ވާދަކުރުން
  • 35 ވަނަ ޤައުމީ މުބާރާތުގައި ވާދަކުރުން
  • 36 ވަނަ ޤައުމީ މުބާރާތުގައި ވާދަކުރުން
  • 1444 ވަނަ އަހަރު ދިއްދޫ ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން 13 އަހަރުން ދަށުން ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ
  • ޗޭނު ޖަމިއްޔާގެ 10 ވަނަ ޤުރްއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ އަދި މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން ގްރޭޑް 5 ގެ ބައިން 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ
  • 2023 ނޮވެމްބަރ 26 އިން 28 އަށް ބޭއްވުނު ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް 2023 ގެ ނުބަލާ ކިޔެވުމުން ކީސްޓޭޖް 2 ގެ ގޮފިން 1 ވަނަ
  • ހއ.ދިއްދޫ އުދަރެސް އަލްމަރުހޫމާ ޚަދީޖާ މުޙައްމަދާއި އަލްމަރުޙޫމް އިސްމާޢިލް މުހައްމަދުގެ ހަނދާނުގައި ބޭއްވުނު "ރަންތަރި ޤުރްއާން މުބާރާތް" އިން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ އަދި 15 އަހަރުން ދަށުގެ ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ

ރީޝްއަކީ ލިބޭ ހުސްވަގުތުގައި ވެސް ޤުރުއާން ކިޔަވާ ކުއްޖެކެވެ. މީގެއިތުރުން ފޮތްކިޔައި ސްކޫލުންދޭ ފިލާވަޅުތައް ހަދައި ގޭމް ކުޅުމަކީ ވެސް އޭނާ ހުސްވަގުތުގައި ކުރާ ކަންކަމެވެ. ޤުރުއާން އުނގައްނައި ދިނުމުގައި އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ދޮންތައާއި އާސްތަ، ޗޭނު ޖަމިއްޔާގެ މުދައްރިސުން، އިރުޝާދު ސަރ ކޮށްދެއްވި އަދި ކޮށްދެއްވަމުން އަންނަ މަސައްކަތް އޭނާ ޝުކުރުވެރިކަމާއިއެކު ފާހަގަ ކުރެވެއެވެ

މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ ތެރޭގައި ހިމެނި ފައިނަލަށް ދަތުރުކޮށް މުބާރާތުގެ އެއްވަނަ ހޯދުމަކީ އޭނާގެ އުންމީދެވެ.