ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ނަޔާއަންދާޒުގެ، ފާޠިމަތު ރިފްޢާ ރުޝްދީއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން އުނގެނެން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ލިބެންފެށި ކާމިޔާބީތަކާއިއެކު އޭނާގެ ހިތުގައި ޤުރުއާން ކިޔަވައި ދަސްކުރުމަށް އޮތް ލޯބި އިތުރުވެގެން ދިޔައެވެ.
ޤުރުއާނުގެ އިލްމުގައި އިތުރަށް ކުރިއަށް ދިޔުމަކީ މި މުބާރާތުގައި ރިފްޢާ ބައިވެރިވާން ބޭނުންވި އެއް ސަބަބެވެ. މީގެއިތުރުން ޤުރްއާނާއި ބެހޭގޮތުން މައުލޫމާތު ލިބި ތަފާތު ޤިރާޢަތްތަކަށް ކިޔެވުމުގެ ފުރުސަތު ލިބުމަކީ ވެސް މި މުބާރާތުގައި ބައިވެރިވާން އޭނާ ގަޔާވި ސަބަބުތަކެވެ.
ރިފްޢާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ރިފްޢާ ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- ޕްރީ ސްކޫލް ޤުރްއާން މުބާރާތުން ނާސަރީ ކުލާހުން 3 ވަނަ (2012)
- ޕްރީ ސްކޫލް ޤުރްއާން މުބާރާތުން ޔޫކޭޖީ ކުލާހުން 1 ވަނަ (2012)
- ޕްރީ ސްކޫލް ޤުރްއާން މުބާރާތުން މުޅި މުބާރާތުން 1 ވަނަ (2012)
- ކައުންސިލް ގުރްއާން މުބާރާތުން މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ އަންހެން ގޮފިން 3 ވަނަ (2014)
- ކައުންސިލް ގުރްއާން މުބާރާތުން ނުބަލައި ކިޔުމުން 6 އަހަރުންދަށުގެ އުމުރުފުރާއިން އަންހެން ގޮފިން 3 ވަނަ (2014)
- ހއ.އަތޮޅު ގުރްއާން މުބާރާތުން 6 އަހަރުންދަށުގެ ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ (2014)
- ކެލާ ޔޫތުފޯރަމް ގުރްއާން މުބާރާތުން 6 އަހަރުންދަށުގެ ނުބަލައި ކިޔުމުގެ އުމުރުފުރާއިން އަންހެން ކުދިންގެ ބައިން 3 ވަނަ (2014)
- ކެލާ ކައުންސިލް ގުރްއާން މުބާރާތުން 7 އަހަރުންދަށުގެ ނުބަލައި ކިޔުމުގެ އަންހެންގޮފިން 2 ވަނަ (2015)
- ކެލާ ކައުންސިލް ގުރްއާން މުބާރާތުން މުޅި މުބާރާތުން ނުބަލައި ކިޔުމުގެ އަންހެންގޮފިން 2 ވަނަ (2015)
- ސްކޫލް ގުރްއާން މުބާރާތުން 2 ފޮތުގެބައިން 3 ވަނަ (2018)
- ސްކޫލް ގުރްއާން މުބާރާތުން ހިތުން ކިޔުމުގެބައިން 2 ވަނަ (2019)
- ސްކޫލް ގުރްއާން މުބާރާތުން ހިތުން ކިޔުމުގެ ބައިން 4 ފޮތުން 1 ވަނަ (2019)
- ސްކޫލް ގުރްއާން މުބާރާތުގެ އެންމެ މޮޅު 5 ދަރިވަރުންގެތެރޭގައި ހިމެނުން (2019)
- ގައުމީ ގުރްއާން މުބާރާތުން ސްކޫލްތަކުގެ ބައިން ކީސްޱޭޖް 2 ން ހިތުން ކިޔުމުގެ ގޮފިން 2 ފޮތުން 1 ވަނަ (2019)
- ގައުމީ ގުރްއާން މުބާރާތުން މުޅި މުބާރާތުން ހިތުން ކިޔުމުގެ ގޮފިން 1 ވަނަ (2019)
- ސްކޫލް ގުރްއާން މުބާރާތުން ނުބަލައި ކިޔުމުގެ ބައިން 15 އަހަރުން ދަށުން 1 ވަނަ (2021)
- ސްކޫލް ގުރްއާން މުބާރާތުން މުޅި މުބާރާތުން ނުބަލައި ކިޔުމުގެ ބައިން 1 ވަނަ (2021)
- ހއ.އަތޮޅު ގުރްއާން މުބާރާތަށް ހޮވުން (2021)
- ހއ.އަތޮޅު ގުރްއާން މުބާރާތުން 20 ފޮތުގެ ބައިން 2 ވަނަ (2021)
- އިހަވަންދިއްޕޮޅު ރަސްތަރި ގުރްއާން މުބާރާތުގެ 2 ވަނަ ބުރަށް ހޮވުން (2022)
- އިހަވަންދިއްޕޮޅު ރަސްތަރި ގުރްއާން މުބާރާތުގެ 3 ވަނަ ބުރަށް ހޮވުން (2022)
- އިހަވަންދިއްޕޮޅު ރަސްތަރި ގުރްއާން މުބާރާތުން މުޅި މުބާރާތުން 3 ވަނަ (2022)
- ކައުންސިލް ގުރްއާން މުބާރާތުން ނުބަލައި ކިޔުމުގެ ގޮފިން ކީ ސްޱޭޖް 3 ކުން 1 ވަނަ (2023)
- ކައުންސިލް ގުރްއާން މުބާރާތުން މުޅި މުބާރާތުން ނުބަލައި ކިޔުމުގެ ގޮފިން 2 ވަނަ (2023)
- ސްކޫލް ގުރްއާން މުބާރާތުން ނުބަލައި ކިޔުމުގެ އެންމެ މޮޅު 5 ދަރިވަރުންތެރޭގައި ހިމެނުން (2023)
- ހއ.އަތޮޅު ގުރްއާން މުބާރާތުން މުޅި މުބާރާތުން 2 ވަނަ (2023)
- ހއ.އަތޮޅު ގުރްއާން މުބާރާތުން ކީ ސްޱޭޖް 4 ކުން ނުބަލައި ކިޔުމުގެ ބައިން 1 ވަނަ (2023)
- ހއ.އަތޮޅު ގުރްއާން މުބާރާތުން މުޅި މުބާރާތުން ނުބަލައި ކިޔުމުގެ ބައިން 1 ވަނަ (2023)
- ހއ.އަތޮޅު ގުރްއާން މުބާރާތުން ސްކޫލް ކުދިންގެ ބައިން ނުބަލައި ކިޔުމުން 1 ވަނަ (2023)
- ހއ.އަތޮޅު އެންމެ އަލިގަދަތަރި މުބާރާތަށް ހޮވުން (2023)
ފާއިތުވެދިޔަ ތަނުގައި ޤުރުއާން އުނގެނުމުގައި މައިންބަފައިންނާއި އާއިލާގެ މެމްބަރުންނާއި މުދައްރިސުން ކޮށްދެއްވި އަދި ކޮށްދެއްވަމުން އަންނަ މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއެވެ. މި ލިސްޓުގައި ހާއްސަކޮށް އައިމިނަތު މިސްއާއި ނާސިޔާ މިސްގެ އިތުރުން އަޒްހީލް ސަރގެ ނަން އޭނާ ފާހަގަ ކުރެއެވެ.
ރިފްޢާއަކީ ލިބޭ ހުސްވަގުތުގައި ޤުރުއާން ކިޔެވުމާއި ވާހަކަ ކިޔުމުގައި ގިނަ ވަގުތު ހޭދަކުރާ ކުއްޖެކެވެ. އޭނާގެ އުންމީދަކީ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!