ކުޑައިރު އާއިލާއިން ޤުރުއާން އުނގައްނައިދޭން ކުރި މަސައްކަތުގެ ސަބަބުން ޤުރުއާން އުނގެނުމަށް ލޯބި ޖެހި އެކަމުގެ ތެރެއަށް ވަދެވުނު ހއ.ދިއްދޫ ވިގޯރަސް، މަރިޔަމް ހިބާ ހުސެއިންއަކީ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ.

ހިބާއަކީ އަބަދުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވާން ޝައުގު ހުންނަ ކުއްޖެކެވެ. އާންމު ޤުރުއާން މުބާރާތްތަކާއި އަލިގަދަތަރި މުބާރާތް ތަފާތުވުމަކީ އޭނާގެ ހިތުގައި މި މުބާރާތާއިމެދު ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބެކެވެ.

Ad
rt

ހިބާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް

  • 1444 ވަނަ އަހަރުގެ ކައުންސިލް މުބާރާތުން، މުޅި މުބާރާތުން 2 ވަނަ
  • 1444 ވަނަ އަހަރުގެ ކައުންސިލް މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ
  • 1444 ވަނަ އަހަރުގެ ކައުންސިލް މުބާރާތުން 13 އަހަރުފުރި 16 އަހަރު ނުފުރޭ އުމުރުފުރައިން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ
  • ޗޭނު ޖަމިއްޔާގެ 9 ވަނަ ޤުރްއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ގްރޭޑު 6 ގެ ބައިން 1 ވަނަ
  • 1436 ވަނަ އަހަރުގެ ކައުންސިލް މުބާރާތުގެ ޔޫކޭޖީ، ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ
  • 1436 ވަނަ އަހަރުގެ ކައުންސިލް މުބާރާތުގެ ޕްރީސްކޫލު ބައިން 1 ވަނަ
  • 1443 ވަނަ އަހަރުގެ ކައުންސިލް 10 ވަނަ ޤުރްއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ
  • 1443 ވަނަ އަހަރުގެ ކައުންސިލް 10 ވަނަ ޤުރްއާން މުބާރާތުން 15 އަހަރުން ދަށުގެ ބައިން 2 ވަނަ
  • ހއ.ދިއްދޫ އުދަރެސް އަލް މަރްޙުމާ ޚަދީޖާ މުޙައްމަދާއި އަލްމަރްޙޫމް އިސްމާޢިލް މުޙައްމަދުގެ ހަނދާނުގައި ބޭއްވުނު ރަންތަރި ޤުރްއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 15 އަހަރުން ދަށުގެ ބައިން 3 ވަނަ (1444)
  • ހއ.ދިއްދޫ އުދަރެސް އަލް މަރްޙުމާ ޚަދީޖާ މުޙައްމަދާއި އަލްމަރްޙޫމް އިސްމާޢިލް މުޙައްމަދުގެ ހަނދާނުގައި ބޭއްވުނު ރަންތަރި ޤުރްއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 15 އަހަރުން ދަށުގެ އުމުރުފުރައިން 2 ވަނަ (1445)
  • ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ "ނޫރު ޤުރްއާން މުބާރާތް 1444" ކީސްޓޭޖު 3 ގެ ބައިން ބަލައިގެން ކިޔެވުމުން 3 ވަނަ

ލިބޭ ހުސް ވަގުތުގައި ޤުރުއާން ކިޔެވުމުގެ އިތުރުން އޭނާ އެކުވެރިންނާއިއެކި ވަގުތު ހޭދަކުރެއެވެ. ޤުރުއާނުގެ އިލްމު އުނގެނުމުގައި މިހާތަނަށް މައިންބަފައިންނާއި އާއިލާގެ ފަރާތުންނާއި އައިސައްތަގެ ފަރާތުންނާއި ޗޭނު ޤުރުއާން ކްލާހުގެ މުދައްރިސުންގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ފާހަގަ ކުރެއެވެ.

ހިބާ މި މުބާރާތުގެ ފުރަތަމަ އަމާޒަކީ ދެވަނަ ބުރުން ޖާގަ ހޯދުމެވެ. އަދި އެއަށްފަހު ހޯދުނު އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުމެވެ.