ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު މުނޫ މަހާވަރު، ދިވެހި ޚާރިޖީ ވުޒާރާއަށް މިއަދު ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށްކަމަށް އެ ޤައުމުގެ ހައި ކޮމިޝަނުން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު ދިވެހި ޚާރިޖީ ވުޒާރާއަށް ވަޑައިގެންފައި ވަނީ، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބު، މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނިކޮށެވެ.

Ad
rt

އެހެންވެ، އިންޑިއާ ސަފީރު ވެސް ދިވެހި ޚާރިޖާއަށް މިއަދު ހާޒިރުކުރީކަމަށް އަޑުއަރާފައި ވަނިކޮށް ރާއްޖޭގައި ހުން އިންޑިއާ ހައި ކޮމިޝަނުން ''އެކްސް''ގައި ބުނީ ސަފީރު ދިވެހި ޚާރިޖީ ވުޒާރާ އަށް މިއަދު ވަޑައިގަތީ އެ ވުޒާރާގެ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާ އެކު ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށެވެ. އަދި އެއީ ދެ ގައުމުގެ ހާރިޖީ ގުޅުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް ބުންޏެވެ.

މި ދަނޑިވަޅަކީ، އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ނައިބު ވަޒީރަކު ހިމެނޭ ގޮތަށް ''އެކްސް''ގައި ޕޯސްޓްތަކެއްކޮށް ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެކެވެ.

އަވަށްޓެރި އިންޑިއާއަށް ކުޑައިމީސްވާގޮތަށް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓްތަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ސްޓޭންޑް، މިނިސްޓްރީ އޮފް ފޮރިންއެފެއާޒް އިން ނެރުއްވި ބަޔާނެއްގައި ހާމަކޮށްފައިވާއިރު ބޭރުގެ ވެރިންނާ މެދު އިހްތިރާމް ކުޑަކޮށް، މުއާމަލާތްކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.

ދިވެހި ސަފީރު އިންޑިއާގެ ޚާރިޖީ ވުޒާރާއަށް ޚާޒިރުކޮށްފި

މީގެ އިތުރުން ސަރުކާރުގެ މަޤާމުގައި ތިއްބަވައި މީސްމީޑިއާގައި މިފަދަ ޕޯސްޓްތައްކުރި ފަރާތްތައް ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭގޮތުގައ ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު މުނޫ މަހާވަރު، ދިވެހި ޚާރިޖީ ވުޒާރާގެ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ސަރުކާރުގެ ތިން ނައިބު ވަޒީރަކު މީސްމީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް ދެއްކި ވާހަކައަކީ ސަރުކާރުގެ ބަސް ނޫންކަމުގެ ޔަގީންކަން ވަނީ ދީފައެވެ.