އިސްލާމީ މަރުކަޒުގެ ފަންގިފިލާތަކުގައި ޓީވީ ބަހައްޓައި ޚަޠީބު ފެންނަގޮތް ހަދައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ފަންގިފިލާތަކުގައި ޓީވީ ބަހައްޓައި ޚަޠީބު ފެންނަ ގޮތައްވަނީ މިހާރު އިންތިޒާމު ކޮށްފައިވާ ކަމަށެވއ.
މި ކަމަކީ މުއާސަލާތީ ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ގެ ސްޕޮންސާގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ.
އެހެންކަމުން ވަޒީރު ވަނީ އެ ކުންފުންޏަށް ޚާއްޞަ ޝުކުރެއް ދަންންވާފައެވެ.
ޝަހީމް ވިދާޅުވީ، ހުރިހައި ބޮޑެތި މިސްކިތްތަކުގައި މިގޮތައް ޓީވީން ޚުޠުބާދޭ ޚަތީބުން ފެންނަ ގޮތަށް އިންތިޒާމު ކުރުމަކީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ އަމާޒު ކަމަށެވެ.
‘’އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމުގައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ ރައީސް ޑރ މުއިއްޒުގެ ތަޞައްވުރުގައި ހިމެނޭ ކަމެއްކަމަށްވާތީ، މިނިސްޓްރީ އިން މަސައްކަތްކުރާނީ އެ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް.’’ ޝަހީމް ވިދާޅުވެފަވެއެވެ.
އިސްލާމީ މަރުކަޒުގެ ފަންގިފިލާތަކުގައި ޓީވީ ބަހައްޓައި ޚަޠީބު ފެންނަގޮތް ހަދައި، ބޮޑެތި މިސްކިތްތަކުގައި ވެސް މިކަން ކުރުމަށް އަމާޒު ހިފާފަައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އަދި ހަފްތާ 14ގެ ޕްލޭންގައި ހިމަނުއްވާފައިވާ މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އިސްލާމީކަންތަތަކާބެހޭ ވުޒާރާއިން އިއްޔެ ވަނީ މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް ވެސް އިފްތިތާޙުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!