ޓެކްނިކަލް މައްސަލައެއް ދިމާވެ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

މާލެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

Ad
rt

އެކަން އެހެން ދިމާވީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

''މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.'' ސްޓެލްކޯ އިން ބުނެފަވެއެވެ.

އެ ކުންފުނިންވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދިފައެވެ.