މާލޭގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޮކާކޯލާ އިމާރާތަށް މިރޭ ކަޅުތެޔޮ ޖަހައިފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލޭގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޮކާކޯލާ އިމާރާތަށް ކަޅުތެޔޮ ޖަހާފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިތަންތަނަށް ބަޔަކު ކަޅުތެޔޮ ޖަހާފައި މިވަނީ އިސްރާއީލުން، ފަލަސްތީނާ ދެކޮޅަށް ހިންގާ އުދުވާނާއި ގުޅިގެން މިތަންތަން ހިމެނޭހެން އިސްރާއީލަށް ނިސްބަތްވާ ވިޔަފާރިތައް ބޮއިކޮޓް ކުރަން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
މިތަންތަނަށް ކަޅުތެޔޮ ޖަހާފައި ހުރި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕިއްޒާ ހަޓާއި، ކޭއެފްސީގެ އެތެރެއާއި ބޭރަށް ވަނީ ކަޅުތެޔޮ ޖަހާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!