ވިލިމާލޭގައި ހުރި ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މީހުން ނޫޅޭ ފަޅުގެއެއްގައި ކަމަށާއި އެ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ ފަތިހު 5:12 ހާއިރު ކަމަށެވެ.
އެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާ ކަމަށާއި އަލިފާން ރޯވެފައިވަނީ "ބަސްމަލާ" ނަމަކަށް ކިޔާ ގޭގައި ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ.
އަލިފާން ރޯވެފައިވަނީ އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއްގޮތަށް ހަދާފައިވާ ދެ ކޮޓަރީގައި ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އެހެންނަމަވެސް އެ ދެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށާއި ފާޚާނާއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށް ވިދާޅުވެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!