މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 20 މުވައްޒަފުން ތަމްރީނު ދަތުރެއްގައި އިންޑިއާ އަށް ފުރަން ހަމަޖެހިފައިވާކަމަށް އެ އިދާރާ އިން ހާމަކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ މިއީ ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށާއި މި ތަމްރީނުތައް އޮންނާނީ މި އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

Ad
rt

މީގެ އިތުރުން ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ދަށުން ކަސްޓަމްސް ތަމްރީން ކުރާ އެންމެ މަތީ މުއައްސަސާ، ބެންގަލޫރުގެ ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސް (ނާސިން) އިން "ކްރިއޭޓިން އެންޑް މެނޭޖިން ކެނައިން ސެންޓަރު" ގެ ޓްރެއިނިން-އަދި-ސްޓަޑީ ޓުއާގައި މި ޓީމުން ބައިވެރިވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އިންޑިޔާ ސަރުކާރުން ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ) ގެ ދަށުން ހުންނަ ނާސިން ބެންގަލޫރު ހިންގަނީ ރީޖަނަލް ޓްރެއިނިން ސެންޓަރުގެ މެންޑޭޓްގެ ދަށުންނެވެ.

މި ޓުއާގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އެންފޯސްމަންޓް އެޖެންސީތަކަށް ކެނައިން ސްކޮޑްގެ މުހިންމުކަމާއި، ޒަމާނީ ކެނައިން ސްކޮޑް އުފެއްދުމާއި، ސްކޮޑުގެ އަސާސީ ތަމްރީނު ހިމެނެއެވެ. އަދި ޑޯގް ހޭންޑްލަރުން ހޯދުމާއި ތަމްރީނުކުރުން ފަދަ ދާއިރާތަކާއި އެ ދާއިރާތަކަށް އަމާޒުކޮށްގެން ތަޖުރިބާކާރުން ސެޝަތައް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދެއްވައެވެ. އަދި ބައިވެރިންނަށް ޢަމަލީ ތަޖުރިބާ ދިނުމުގެ ގޮތުން ނާސިން ބެންގަލޫރު އިން ވަނީ އަމްރިތުސަރުގެ އަޓާރީގައި ހުންނަ ސީބީއައިސީގެ ކެނައިން ފެސިލިޓީ "ކަސްޓަމްސް ކޭ9 ސެންޓަރު" ގައި ތަމްރީނުގެ ބައެއް ވެސް އިންތިޒާމްކޮށްފައި ކަމަށް ވެސް ވިދާޅުވެއެވެ.

އޭގެތެރޭގައި ބޭސިކް ގްރޫމިންގ، ކެނެލް މެނޭޖްމަންޓް، ސްޕެޝަލައިޒްޑް ސެންޓް ޓްރެއިނިންގ، އޮބިޑެންސް ޓްރެއިނިންގ ފަދަ މައުޟޫޢުތަކަށް ބިނާކޮށް ސެޝަންތައް ތަޖުރިބާކާރުން ނަގައި ދޭނެއެވެ. މީގެ އިތުރުން މައިސޫރު އަދި އަމްރިތުސަރުގެ ތާރީހީ އަދި ސަގާފީ ސިޓީތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.

މިދަތުރަކީ ކަސްޓަމްސްގެ ކެޕޭސިޓީ ބިލްޑިންގގައި އެއްބާރުލުން އިތުރުކުރުމުގެ މަގްސަދުގައި 2019 ވަނަ އަހަރުގެ ޖޫން މަހު ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސީބީއައިސީ އާއި ކަސްޓަމްސްއާ އާ ދެމެދު ސޮއިކުރެވުނު "އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގ" ގެ ދަށުން ހަމަޖެހިފައިވާ ދަތުރެކެވެ.

މި އެމްއޯޔޫގެ ދަށުން 2020 ވަނަ އަހަރު މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 190 އަށްވުރެ ގިނަ އޮފިސަރުން އިންޑިއާގައި ތަމްރީނުކުރެވިފައިވެއެވެ. މީގެ އިތުރުން އެމްސީއެސްގެ ގާތްގަނޑަކަށް 90 އޮފިސަރުން ވަނީ ކަސްޓަމައިޒްޑް ވާޗުއަލް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވެފައެވެ. މީގެ އިތުރުން، އައިޓެކް އިން ޕަސަން ޓްރެއިނިން ޕްރޮގްރާމްތަކުގެ ދަށުން ގިނަ އަދަދެއްގެ ކަސްޓަމްސް އޮފިސަރުންނަަށް ފައިދާކުރެއެވެ. މި އެމްއޯޔޫގެ ދަށުން ކުރިއަށް އޮތްތަނުގައި ކެޕޭސިޓީ ބިލްޑިންގ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މި ދުނިޔޭގައި، ބައިނަލްއަޤްވާމީ ކުށްތަކާއި، މަސްތުވާތަކެތީގެ ވަގުފާރި ފަދަ ގޮންޖެހުންތައް އުފެދި، ހުރިހާ ޤައުމެއްގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުންވެސް، އެ ގޮންޖެހުންތަކާ ދެކޮޅަށް ދެމިތިބުމަށްޓަކައި، އެފަރާތްތަކުގެ ހުނަރުތައް ފުޅާކުރަންޖެހެއެވެ.

ސީބީއައިސީ އާއި އެމްސީއެސްއާ ދެމެދު ކުރެވޭ މަސައްކަތްތަކަކީ މި ގޮންޖެހުންތަކުން އަރައިގަތުމަށް އެއްބާރުލުން ދިނުމުގެ ކާމިޔާބު މިސާލެއް ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.