ފޯރިގަދަ ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރު ވެސް ނިމެނީއެވެ. އެހެންނަމަވެސް މި އިންތިޚާބުގެ އެއްވެސް ކުލައެއް އެއްވެސް ފޯރިއެއް ހއ. އުލިގަމުގައި ނެތެވެ. މިކަން އުލިގަމަށް ޒިޔާރަތް ކުރާ ފަރާތްތަކުންވެސް ފާހަގަ ކުރެއެވެ.
އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް، ޕޯސްޓަރެއް، ދިދައެއްހާ ހިސާބުވެސް އުލިގަމުން ނުފެނެއެވެ.
އުލިގަމުގެ ރައްޔިތަކުވެސް ސިޔާސީ ބަޙުސްކުރުމުގައި ނުވަތަ ސިޔާސީ ދެބަސްވުމުގައި އަރާރުންވާތީ ނުފެނެއެވެ.
އުލިގަމު، އެރަށުން އިންތިޚާބުގެ ކުލައެއް ނުފެނޭ، ފޮޓޯ: ޝާފިއު
އެހެންނަމަވެސް ރަށަށް ވަޑައިގެންނެވި ހަމައެކަނި ރިޔާސީ ކެންޑިޑޭޓަށް ރަށުގެ ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކިޔައި އިޙުތިރާމް އަދާކޮށް ނަމޫނާ ދައްކާފައި ވެއެވެ.
ދެކޮޅަށް އަޑު އުފުލުމުގެ ނަމުގައި ކުނިހުތުރު ފުޅަގޮވައި ފުރައްސާރަ ކުރާނެ މީހަކު އުލިގަމުގައި ނެތެވެ. ނުވިތާކަށް ކުލަޔަކުން ޕޯސްޓަރެއް ނުވަތަ ބެނާއަކުންވެސް ވަޑައިގެންނެވި ކެންޑިޑޭޓުގެ ހިތްޕުޅުގައި ޖެހިދާނެ ކަމެއް މިރަށުން ނުފެނެއެވެ.
އުލިގަމު، އެރަށުން އިންތިޚާބުގެ ކުލައެއް ނުފެނޭ، ފޮޓޯ: ޝާފިއު
ކަން މިހެން ހުރި ނަމަވެސް މިރަށުން މެޖޯރިޓީ ނަގާފައިވަނީ ރަށް އޮތް ކޮޅަށް ބޯވެސް ލެއްވި ކެންޑިޑޭޓެއް ނޫނެވެ. ކެންޑިޑޭޓުގެ ފަރާތްޕުޅުން އެއްވެސް ކެމްޕޭނެއް މިރަށުގައި ނުކުރެއްވިތާ ފަރާތްޕުޅުން މީހަކުވެސް ފޮނުވާފައި ނުވެއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އުލިގަމުގެ ގިނަ ބަޔަކު ވޯޓުލާފައި ވެއެވެ.
އުލިގަމު، އެރަށުން އިންތިޚާބުގެ ކުލައެއް ނުފެނޭ، ފޮޓޯ: ޝާފިއު
އުލިގަމު ރައްޔިތުންގެ ޝައުގުވެރިކަން ނެތަސް މިއީ މިހާތަނަށް އެންމެ ގިނަ ރިޔާސީ ކެނޑިޑޭޓުން ބައިވެރިވި އެންމެ ފޯރިގަދަ ރިޔާސީ އިންތިޚާބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!