ޔޫކޭ ހޮސްޕިޓަލެއްގައި ޑިސްޕޮސިބަލް ބުރުގާއެއް ތައާރަފްކޮށް ބޭނުންކުރަން ފަށައިފިއެވެ.

ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި އުޅޭ މުސްލިމު ޑަކްޓަރުންނަށް ހާއްސަކޮށް ތައްުޔަރުކޮށްފައިވާ މި ބުރުގަލަކީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުސްލިމް ޑަކުޓަރެއްކަމަށްވާ ފަރަހް ރޮސްލަންގެ ހިޔާލެކެވެ. އެގޮތުން އެ ހިޔާލު އައީ ހޮސްޕިޓަލުގައި އުޅޭއިރު މުޅި ދުވަހު އެއް ބުރުގަލެއް އަޅައިގެން އުޅުމުގެ ސަބަބުން އިންފެކްޝަން އުފެދިދާނެތީއެވެ.

Ad
rt

މެޑިކަލް ސްޓުޑެންޓެއްގެ ގޮތުގައި ޔުނިވާސިޓީ ހޮސްޕިޓަލްސް އޮފް ޑާރބީ އެންޑް ބާޓަން އެންއެޗްއެސް މަސައްކަތް ކުރި އިރު، އިންފެކްޝަން ކޮންޓްރޯލް ކުރުމަށް އޮޕަރޭޝަން ތިއޭޓަރުން ނިކުންނަށް ޖެހޭކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. މިކަންތައް ހައްލު ކުރުމަށްޓަކައި ބުރުގާ ނުނަގާ އެހެން ގޮތެއް ވިސްނީއެވެ.

މެލޭޝިއާ އަށް އުފަން ފަރަހް ބުނީ މި ބުރުގާ ތައްޔާރު ކޮށް ޓެސްޓު ކުރުމަށްޓަކައި މެލޭޝިއާގައި މީހުން ބުރުގާ ފަހާ ފޮއްޗާއި ޑިޒައިންތަކަށް ވެސް ބެލިކަމަށެވެ.

ޔޫކޭގައި މިހާރު މި ބުރުގާ ހަމައެކަނި ބޭނުން ކުރަނީ ފަރަހް މަސައްކަތް ކުރާ ހޮސްޕިޓަލުގައި ނަމަވެސް އޭނާގެ އުންމީދަކީ އެހެން ހޮސްޕިޓަލުތަކުގައިވެސް މި ބޭނުން ކުރުމެވެ.