ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވިނަރެސްއަށް ކުރިމަތިލައިގެން ފްލެޓް ލިބިފައިވާ ފަރާތްތަކުން ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑު ވާހަކައިގެ ޝަކުވާ އެމަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެއަށް ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޑް ކުޑަކޮށް ކުއްޔަށް ގެނެވެން އޮތް ރަނގަޅު ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"އެއަށް ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޓް ކުޑަކޮށް ކުއްޔަށް ގެނެވޭނެ ހެޔޮ ބަދަލެއް ގެނެސްދޭނަން، އެކަން ވެސް އަޅުގަނޑުމެން އިއުލާން ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޕީއެލްއިން އަޅާފައި ދޫކުރާ ފްލެޓްތަކުގެ އަގުބޮޑުވެގެން މުވައްޒަފުން އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށެވެ. އެ ފްލެޓްތަކުގެ ވެސް އަގު ކުޑަކޮށް ޑައުންޕޭމަންޓަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ކަސްޓަމްސްގައި މަސައްކަތްކުރާ މީހުންނަށް ފްލެޓް ދިނުމާއި ޔުނިވާސިޓީގައި މަސައްކަތްކުރާ ފަރާތްތަކަށް ފްލެޓް ދިނުމާއި ކަރެކްޝަންސްގައި މަސައްކަތްކުރާ ފަރާތްތަކަށް ފްލެޓްދިނުމަށް ވައުދުވެފައިވާ ކަން ފާހަގަ ކުރައްވައިފައެވެ.
އަދި މިއަދު ކަސްޓަމްސްގައި މަސައްކަތްކުރާ މީހުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކައި ފްލެޓްތަކުގެ ލިސްޓް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އިދާރަކުރެވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔުނިވާސިޓީއާ ކަރެންޝަންސްގައި މަސައްކަތްކުރާ ފަރަތްކަކަށް ފްލެޓް ލިސްޓު ހަވާލުކުރާނަން." ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!