ހދ. ކުޅުދުއްފުށި ސިޓީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހާލުގައި ޖެހުނު 7 މީހުންނަށް އެހީވަމުން އަންނަކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެ އިދާރާ އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގައި ހުންނަ "ރޯނުގެ" ނަމަކަށް ކިޔާ ގޭގައި ކަމަށާއި އެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކެއުންބުއިމުގެ އިންތިޒާމު ވެސް ހަމަޖައްސަވައުދެއްވަމުން އަންނަކަމަށް ވިިދާޅުވިއެވެ.

Ad
rt

އެގޮތުން ހާޅުގައި ޖެހުނު 7 މީހުންނަށް މި ކަންތައް ހަމަޖައްސައިދީފައިވަނީ ކުޅުދުށްފުށި ސިޓީ ކައުންސިލާއި ގުޅިގެން ކަމަށް ވެސް އެންޑީއެމްއޭ އިން ވިދާޅުވެއެވެ.

އެ އަތޮޅު ނޮޅިވަރަމަށް ނިސްބައްވާ އާއިލާ އެއް ދިރިއުޅެމުން އައި އެ ގޭގައި އަލިފާން ރޯވީ ރޭ ދަންވަރު 2:30 ހާއިރުއެވެ. އަދި އެ ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.