ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

މިއަދު ހަވީރު ވައިކަރަދޫގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހާ މިހާރުވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސަޕިޓަލްއަށް އަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފަށާފައެވެ.

Ad
rt

ވައިކަރަދޫއިން ވާހަކަ ދެއްކި މީހަކު ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ވައިކަރަދޫ ސުލައިމާނިއްޔާ ސުކޫލް ކަންމަތިން ދެސައިކަލެއް ޖެހި އެވެ.

މިއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ދެމީހުންނަށްވެސް އަނިޔާވެ ވައިކަރަދޫ ސިއްހީ މަރުކަޒުގައިވަނީ ފަރުވާ ދީފައިވެއެވެ.

ހދ. ވައިކަރަދޫ، ފެމޯރާގެ، މުހައްމަދު ޒާހިރު އެކްސިޑެންޓް ވުމުގެ ސަބަބުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނީ...
އެކްސިޑެންޓް ގައި އަނިޔާ ލިބުނު ފަރާތް ތަކަށް
ﷲ سبحانه وتعالى އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.. آمين 🤲🏾

ވައިކަރަދޫ ކައުންސިލްގެ ނައިބްރައީސް އަބްދުﷲ ވާފިރު ފޭސްބުކް ގައު ކުރެއްވި ޕޯސްޓްއެއްގައި ބުނެފައިވެއެވެ.