އަންނަ އަހަރުގެ އޭޕްރިލް ހަތަރު ވަނަދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް އިންތިހާބު ކުރާ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި ބަލާނީ އިއްޔެގެ ނިޔަލަށް ރަށްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އާބާދީއަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސްއިން އެގޮތަށް ނިންމީ އެ ކޮމިޝަނުން ބޭއްވި 542 ވަނަ އާންމު ޖަލްސާގެ ތެރެއިންނެވެ.

Ad
rt

ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހުތައް އިއްޔެ ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު، އިދާރީ ދާއިރާތަކުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ އެރަށުން އިންތިހާބު ކުރެވޭ މެމްބަރުންގެ މައްޗަށެވެ. މިގޮތުން 3000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިހާބު ކުރާނީ ފަސް ކައުންސިލް މެމްބަރުނެވެ.

އިދާރީ ދާއިރާތަކުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ އެރަށުން އިންތިހާބު ކުރެވޭ މެމްބަރުންގެ މައްޗަށް ކަމަށާއި މިގޮތުން 3000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިހާބު ކުރާނީ ފަސް ކައުންސިލް މެމްބަރުން ކަމަށެވެ.

އަދި އެ ފަސް ކައުންސިލަރުންގެ ތެރޭގައި ދެ އަންހެން ކައުންސިލަރުން ތިބުން ލާޒިމް ވާނެއެވެ.

އަދި 3000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށެވެ. އަދި އެ ކައުންސިލުތަކުގައި ތިން އަންހެން ކައުންސިލަރުން ތިބުން ވަނީ ލާޒިމް ކޮށްފަ އެވެ.

އަދި 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އާބާދީއެއް އޮންނަ ސިޓީ ކައުންސިލްތަކުގައި 13 ކައުންސިލަރުން ތިބެންޖެހޭ އިރު 60،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.