ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އޭނާ ވިދާޅުވީ އެރަށަށް ވެސް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެބޮޑު އެއް މައްސަލަ ކަމަށްވާ ކުނި މެނޭޖް ކުރުމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި މިކަމަކީ އަސާސީ ބޭނުމަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ މަސައްކަތަށް އަވަސް އިސްކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ވަނީ ކަނޑިތީމަކީ ތަރައްގީވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވާފައެވެ. އަދި އެރަށަށް ބޭނުންވާ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތް ދެއްވާނެ ކަމަށާއި ރައްޔިތުންގެ އެންމެހައި ކަންކަން އެންމެ ގާތުން ބައްލަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.