ލީޑަރު ދައްކާހާ މީހަކަށް ވޯޓުލާކަށް ނުޖެހޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އުޖާލާ ޒަމާން ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ފާއިތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި ޕާޓީއެއްގެ ތެރޭގައި ވަަރަށްބޮޑު ހަނގުރާމައެއް ހިނގައިދިޔަ ކަމަށާއި ފެނިގެން ދިޔައީ ޕާޓީގެ ރުހުމާއި ނުރުހުމުގެ ތެރެއިން ޕާޓީގެ ޓިކެޓު ބަޔަކު ދަމައިގަތްތަން ކަމަށެވެ.

Ad
rt

މީގެ އިތުރުން ލީޑަރަކަށް ހުންނަ މީހަކު އެމީހަކު ލީޑާޝިޕް ދައްކައިގެން ކޮށްފަހުރި ކަމެއް އެ ހުރީ ކަމަށާއި އެކަމަކު އެ ލީޑަރަކު ދައްކާހާ މީހަަކަށް ވޯޓުލާން ނުޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެ ލީޑަރެއްގެ ގައިގާ ހުރި ސިފައެއް އަނެއް މީހާގެ ގައިގާ ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެހެންކަމުން އެ ޕާޓީތަކުން ދެއްކިގެން އުޅޭ ކެންޑިޑޭޓަކީ މިގައުމަށް ގާބިލު ބޭފުޅެއް ނޫން ކަމަށެވެ.

ވެރިކަމަކީ ތަފާތު ހުނަރެއް ކަމަށާއި ވެރިކަމަށް ވަޑައިގަތީމާ ކަންތައް ކުރެވޭގޮތް ތަފާތުކަން ފާހަގަކުރައްވާ އޭނާ ވަނީ އެހެންކަމުން އިންތިހާބުގަިއ ވާދަކުރެއްވުމަށް އަތުރާލެވިފައިވާ މީހުންނަށް ވިސްނާލުމަށް އެދިވަޑައިގެންފައެވެ.

އޭގެތެރެއިން އެންމެބޮޑަށް ވިސްނަންވީ ރާއްޖެއަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އެންމެރަނގަޅު ކުރިއެރުމެއް ހޯދައިދެވޭނީ ކާކަށްތޯ ވިސްނުމަށާއި އެންމެބޮޑަށް ހުއްބުލްވަތަން ހުރީ ކާކުގެ ތޯ ވެސް ވިސްނައިލުމަށް ނާޒިމް ވަނީ އެދިވަޑައިގެންފައެވެ.