ވައިކަރަދޫ ކައުންސިލް ކަޕް ފަށައިފިއެވެ.

7 ޓީމު ބައިވެރިވި މި މުބާރާތް ފަށާފައިވަނީ އިއްޔެއެވެ. ކޮންމެ ދުވަހަކު 3 މެޗު ކުޅެން ހަމަ ޖެހިފައިވާ މިމުބާރާތުގެ ގުރޫޕް ސްޓޭޖް ނިމި ސެމީފައިނަލް ކުޅެން ހަމަ ޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. 4 ގުރޫޕްއަށް ބަހާލައިގެން ކުޅޭ މިމުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ 20:00 ގައެވެ.

Ad
rt

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ކިއު1 މޯލްޑިވްސް އެވެ. ސަޕޯޓަޑް ބައި ބަޒް ސްޕޮޓް އެވެ. މިމުބާރާތުގެ ޗެންޕިއަން ޓީމްއަށް -/6000 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމްއަށް -/3000 ރުފިޔާ ދޭން ވަނީ ހަމަޖެހިފައެވެ.