މިޞްރު/ ޤާހިރާގައި 2020 ވަނަ އަހަރު ފެބުރުވަރީ 08 ން 13 ށް ބޭއްވުމަށް ހަމަޖެހިފައިވާ "27 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ރިސައިޓް އޮފް ދަ ހޮލީޤުރުއާން" ގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިއްޖެއެވެ.

އެގޮތުން ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން މިއަދު ކުރި އިޢުލާނުގައި ވާ ގޮތުން މިމުބާރާތުގައި މުޅި ޤުރުއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔުމުގެ ގޮފީގައި ބައިވެރިވުމުގެ ފުރުޞަތު މިވަނީ ހުޅުވާލާފައެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށްް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު މިޞްރު ސަރުކާރުން ދެއްވާގޮތަށްވަނީ ހަމަޖެހިފައިވާކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

އެގޮތުން މި މުބާރާތުގައި ބައިވެރިވެވޭނެ ޝަރުތު ތަކަކީ

  1. މި މުބާރާތުގެ ފައިނަލް ބުރުގައި މީގެކުރިން ބައިވެރިވެފައި ނުވުން.
  2. ބައިނަލް އަގްވާމީ މުބާރާތުގައި މީގެކުރިން ބައިވެރިވެ އެ ކެޓަގަރީއަކުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
  3. ޢުމުރުން 25 އަހަރުފުރިހަމަ ވެފައި ނުވުން.
  4. މުޅި ޤުރުއާން ހިތުދަސްކޮށް ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ކިޔަވަން އެނގުން.
  5. އިސްލާމީ ތުރުހީއްޔާގައި މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.

މަތީގައި ބަޔާން ކޮށްފައިވާ ގޮތަށް ޝަރުތުހަމަވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑް ކޮޕީ ހުށަހެޅުއްވުމަށްވެސް ވަނީ އިއުލާނުގައި އެދިފައެވެ.

މީގެ ކުރިންވެސް ރާއްޖެ ވަނީ ބައިނަލްއަގުވާމީ މިފަދަ މުބާރާތްތަކުގައި ބައިވެރިވެފައެވެ.