އިޖުތިމާއީ އާއްމު ޒިންމާގެ ދަށުން ކުންފުނިތަކުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މިގޮތަށް މުޖުތަމައަށް އެހީވުމުގެ ގޮތުން އެންމެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އެއް ކުންފުންޏަކީ އުރީދޫ މޯލްޑިވްސްއެވެ.
އެ ކުންފުނިން މުޅި އަހަރުގެ ތެރޭގައި ތަފާތު އެކި ހަރަކާތްތައް ހިންގާއިރު މިއަހަރުގެ ރަމަޟާން މަހުގައި ވެސް އެ ކުންފުނީގެ ފަރާތުން ނަމޫނާ އެތައް ކަމެއް ވަނީ ފެނިގެން ގޮސްފައެވެ.
ރޯދަ މަހު އުރީދޫގެ ކަސްޓަމަރުންނަށް ތަފާތު ގިނަ އޮފާތައް ކުރިއަށްގެންގޮސްފައިވާއިރު އެ ކުންފުނިން މުޖުމަތައަށް އެހީވުމަށް ހިންގި ޕްރޮގްރާމްތަކަކީ އެންމެ ބޮޑު ތަރުހީބު ލިބުނު ޕްރޮގްރާމްތަކެވެ.
އެގޮތުން، އެ ކުންފުނިން ހިންގި ކޮމިޔުނިޓީ އިފްތާރު ޕްރޮގްރާމަކީ މީގެ ތެރޭގައި ހިމެނޭ އެއް ޕްރޮގްރާމެވެ.
އުރީދޫ ކޮމިއުނިޓީ އިފްތާރު ޕްރޮގްރާމުގެ ދަށުން އެ ކުންފުނިން ވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގައި ކިންގް ސަލްމާން މިސްކިތުގައި އާއްމުންނަށް ހުޅުވައިގެން ރޯދަ ވީއްލުން ބާއްވާފައެވެ. މި ރޯދަވީއްލުމުގައި ދިވެހިންނާއި ބިދޭސީން ވެސް ބައިވެރި ކުރުވުއިރު ފުރަތަމަ ހަފުތާގައި އެކަނިވެސް 200 އަށްވުރެ ގިނަ މީހުން ވަނީ އެ ރޯދަވީއްލުމުގައި ބައިވެރިވެފައެވެ.
![]()
މި ހަރަކާތާއެކު އުރީދޫއިން ވަނީ ޢީދު ދުވަހުވެސް މާލެ ސިޓި ކައުންސިލާ ގުޅިގެން އާއްމުންނަށް ހުޅުވައިގެން އީދު ސައެއް ބާއްވާފައެވެ. މި ހަރަކާތައް ވެސް އާއްމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

އުރީދޫން ހިންގި ހަރަކާތްތަކުގެ ތެރެއިން "ޑޮނޭޓް އޭން އިފްތާރު" އަކީ ވަރަށް ކާމިޔާބު ހަރަކާތެކެވެ. މިއީ މިޝަން ފޯ މައިގްރެންޓް ވޯކާސް މީލްޑިވްސް އާ ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ރޯދަ ވީއްލުން ހަދިޔާ ކުރުމަށް ހިންގި ހަރަކާތެކެވެ.
![]()
މި ހަރަކާތުގައި އާއްމުންގެ ފަރާތުން ކޮންމެ މީހަކަށް ވެސް ރޯދަ ވީއްލުން ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. އެގޮތުން 50 ރުފިޔާ ޑޮނޭޓް ކުރުމުން ބިދޭސީއަށް ރޯދަ ވީއްލުމެއް އުރީދޫ އިން އައީ ދެމުންނެވެ.
![]()
އިފްތާރު ޕެކުގެ އިތުރުން އުރީދޫގެ އެމްފައިސާ ބޭނުން ކުރާ ފަރާތްތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް ހުޅުވާލިއެވެ. އެގޮތުން، ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާ އާއި މޮމްސް ޖަމިއްޔާ އާއި ކެންސަ ސޮސައިޓީ އާއި ޕީސް ފައުންޑޭޝަނާއި މިސްކިތު ފަންޑަށް ފައިސާ ހަދިޔާ ކުރެވޭ ގޮތަށް ހަދައިދިނެވެ.
![]()
މި ހަރަކާތްތަކުގެ އިތުރުން މޮމްސް ޖަމިއްޔާއާ ގުޅިގެން ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް "ކެއާ ބާސްކެޓް" ހަދިޔާ ކުރުމުގެ ހަރަކާތެއް ވެސް އުރީދޫއިން ކުރިއަށްގެންދިޔައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އެހީވުމަށް ހިންގި މި ހަރަކާތުގައި ޒަރޫރީ ސާމާނު ހިމެނޭ ޕެކުތަކެއް ވަނީ ހަދިޔާ ކޮށްފައެވެ. މި ކެއާ ބާސްކެޓުގައި މަސް ދަޅާއި ކާޑުގެ ބާވަތްތަކާއި ކައްކަން ބޭނުންވާ ސާމާނު އަދި ފަނިގިރަން ބޭނުންވާ ސާމާނު ހިމެނިއެވެ.
![]()
އުރީދޫއިން ވަނީ ރޯދަ މަހު އެކި ރަށްރަށުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ނިލަންދޫގައި ހިންގި ނިލަންދޫ ތަރި 1444 އާއި އޭދަފުށި ފުޓްސަލް ކަޕާއި ކުޑަރިކިލު ފުޓްސަލް ޓޯނަމެންޓާއި ނޫރު މަދަހަ މުބާރާތާއި އެލް4 ކަޕާއި މަޑުއްވަރީ ފުޓްސަލް ޗެލެންޖު ހިމެނެއެވެ.
މުޖުތަމައަށް އެހީވުމަކީ އުރީދޫ އިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަކަމެކެވެ. އެ ކުންފުނިން ވަނީ ރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއް ބަލިމަޑުކަން ކަމަށްވާ، ކޮވިޑު-19ގެ ތެރޭގައި ވެސް ދިވެހި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!