ކުޅުދުއްފުއްޓާއި އިންޑިއާއާ ދެމެދު ފެރީގެ ޚިދުމަތް ފަށަން މަސްކަތް ކުރުމަށް ދެ ގައުމުން ސޮއިކުރި އެއްބަސްވުމުގައި ދެގައުމުން ސޮއިކޮށްފައިވަނީ މީގެ 6 މަސް ކުރިންނެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެެމްއޯޔޫ، ކުރިން އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދަން ކެބިނެޓުން ރުހުން ދީފައިވަނީ 03 ޖުލައި 2019 ވަނަދުވަހުއެވެ.

އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ. އެ ނިޒާމު ގާއިމް ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އިންޑިއާއާ މަޝްވަރާ ކުރި އެވެ.

Ad
rt

ސެޕްޓެމްބަރ މަހުގެ 26 ވަނަދުވަހު އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމުގެ މައުލޫމާތު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ދެއްވާފައިވާ ކަމަށެވެ.

"ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުން ވަނީ 100 ޕަސަންޓް އިތުރުވެފައި. އޭގެ އިތުރުން ކަނޑު މަގުން ދެ ގައުމު ގުޅާލުމުގެ އެއްބަސްވުމެއްގައި އިންޑިއާގެ ބޮޑުވަޒީރު [ނަރެންދުރަ] މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ސޮއިކުރެވިފައި. އިންޑިއާ ސަފީރު އެންމެ ފަހުން ދެއްވި މައުލޫމާތަށް ބަލާއިރު، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކޮޗިން އާއި ކުޅުދުއްފުށްޓާ ދެމެދު ފެރީގެ ހިދުމަތް ފެށިގެންދާނެ،"

ޝާހިދު ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު ވިދާޅުވެފައި ވެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ހަމަ އެދުވަހު ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަފީރު، ސަންޖޭ ސުދީރު ވިދާޅުވެފައިވާ ގޮތުގައި ފެރީގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށާއި އެގޮތުން ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް ޑީޓެއިލް އެސެސްމެންޓެއް ހަދާ މި މަސައްކަތުގެ ފައިނަލް ރިޕޯޓު ވެސް ތައްޔާރު ކޮށްފައި ވާކަމަށް ހާމަކޮށްފައިވެއެވެ.

މި ހިދުމަތުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ލުއި ފަސޭހަ ކަމެއް ލިބޭނެ ކަމަށައި ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށް ވުރެ ކުޑަ އަގެއްގައި މުދާ އެތެރެ ކުރެވޭނެ ކަމަށް ސަފީރު އެއިރު ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދު ފެރީ ދަތުރުތައް ފަށަން އުޅޭތީ އިމިގްރޭޝަނުން 15 އޮކްޓޯބަރ 2019 ވަނަ ދުވަހު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިމިގްރޭޝަނުން އެއިރު ބުނެފައިވަނީ މިކަމަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަނޑުމަގުން އެތެރެވާ މީހުންގެ މައުލޫމާތު ސިސްޓަމެއްގައި ރައްކާކުރެވިފައި ނެތުމާއި އެ މައުލޫމާތު ދިމާނުވުން ކަމަށެވެ. 2013 ގައި ސިސްޓަމެއް ގާއިމުކޮށް، 7 އަހަރުވިއިރު ވެސް އެ ސިސްޓަމުން ކަނޑުމަގުން މީހުން އެތެރެވުމުގައި މޮޑިއުލެއް ހެދިފައި ނުވާކަމަށް އިމިގްރޭޝަނުން ވަނީބުނެފައެވެ. އިމިގްރޭޝަން އިން ބުނީ އެ ސަބަބަށްޓަކައި ކަނޑުމަގުން އެތެރެވާ އެއްވެސް ފަރާތެއްގެ މައުލޫމާތެއް ނުހުންނާނެ ކަމަށެވެ.

މީގެއިތުރުން އިމިގްރޭޝަން އިން ބުނީ މަޖިލީހުގައި މަޝްވަރާ ކުރެވުނު ފަހުން ފޮރިން މިނިސްޓްރީއާއި އެކު މަޝްވަރާ ކުރެވުނު ކަމަށެވެ.

ތިލަދުން | Thiladhunކުޅުދުއްފުށީ ޕޯޓުން ކާގޯ ފެރީގެ ހިދުމަށް ދެމަސް ދުވަހުގެ ތެރޭ ފަށަނީރާއްޖެއާއި އިންޑިއާއި ދެމެދު ފަށާ ކާގޯ ފެރީގެ ހިދުމަތް ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގަ ފަށާނެކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިއާގެ ފަރާތުން މިކަން ހާމަކުރެއްވީ އިންޑިއާއިން ރ...

މިކަމުގެ މަސައްކަތް ކުރިއަށް އަދި ދެން މިދަތުރުތައް ފެށޭނެ ތާރީޙް އެއް ހޯދުމަށް ތިލަދުން އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

ކޮޗިން ފެރީއާއެކު ދެގައުމުގެ މެދުގައި މުދާ އުފުލުން ފަސޭހަވެގެން ދިޔުމުގެ ބަދަލުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކޮޗިން ފެރީ ރާއްޖެ އަށް ފެށުމާ މެދު އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެެކަމާ ދެކޮޅު ހަދާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ގަވައިދާ ހިލާފަށް ރާއްޖެ އަށް މަސައްކަތްތެރިން އެތެރެވުމަށް ހުޅުވޭ ދޮރަކަށް ވާނެ ކަމަށް މީގެ ދެމަސްދުވަސް ކުރިން އަޑު ގަދަވެގެން ދިޔަ އެވެ.