ރަމަޟާން މަހާއި ބެހޭ ޚާއްސަ ޖަލްސާއެއް މައުމޫން ފައުންޑޭޝަނުން އިން ބޭއްވުމަށް ނިންމައިފިއެެވެ.

އެ ފައުންޑޭޝަނުން ބުނީ މިއީ އިސްލާމީ އެހީތެރިކަމުގެ ގުޅުމާއި އެ ފައުންޑޭޝަން ގުޅިގެން ބާއްވާ ޖަލްސާއެއް ކަމަށެވެ.

Ad
rt

މި ޖަލްސާ ގެ މައުޟޫއަކީ "އެންމެ މާތް މައްސަރު" ކަމަށް ވެސް ބުނެފަވެއެވެ.

މިޖަލްސާ ބާއްވަން ނިންމާފައި ވަނީ މި ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށްވާ އޭޕްރިލް 17 ވާ ހޯމަ ދުވަހުގެ ރޭ 9:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ޖަލްސާގައި މައުމޫން ފައުންޑޭޝަންގެ ޗެއަރމަން އަދި ކުރީގެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް އެ ފައުންޑޭޝަނުން ބުނެއެވެ.