ދުނިޔޭގެ 32 ވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސް މި އަހަރު ބޭއްވުމަށް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ކްރޭނިއޯ-މެކްސިލޯފޭޝަލްއަކީ އުފެދުމުގައި ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ކަރުން މައްޗަށް (ލޮލަށް، ނޭފަތަށް، ބޮލަށް) ކަރުންމަތީގެ އެހެން ގުނަވަންތަކަށް އަދި މޫނުގެ އައިބުވެފައި ހުންނަ ކަށިތައް ރަނގަޅު ބައްޓަމަކަށް ގެނެސްދިނުމަށް ހަދާ ސާރޖަރީއެކެވެ.
އިންޓަރނޭޝަންލް ކޮލެޖް އޮފް މެކްސިލޯފޭޝިއަލް ސާރޖަރީ (އައި.ސީ.އެމް.އެފް.އެސް) ގެ މި ކޮންގްރެސްގެ ޕްރީ ކޮންފަރެންސްތަކެއް މެއި 1 އަދި 2 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
އެގޮތުން މޭ 1 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ހޭންޑްސްއޮން ވޯރކްޝޮޕް ގެ މައުޟޫއަކަށް ހަމަޖައްސާފައިވަނީ "ކޯޓިކޯ ބާރސަލް އިމްޕްލާންޓޮލޮޖީ" އެވެ. މި ވޯރކްޝޮޕް ކުރިޔަށް ގެންދާނީ ޑެންޓިސްޓުންނަށް ހާއްސަކޮށް ހުޅުވާލެވިގެން، އިންޑިޔާގެ މިކަމާ ގުޅުންހުރި އެންމެ ފުންނާބުއުސް ޑޮކްޓަރުންގެ ޓީމަކުންނެވެ.
މެއި 2 ގައި ކުރިއަށް ގެންދާ މާސްޓަރ ކުލާހުގެ މަޢުލޫއަކީ "ޕީޑިއަޓްރިކް އެންޑް އެޑަލްޓު ކްރޭނިއޯމެކްސިލޯ ސާރޖަރީ ކޮންޖެނިޓަލް އެންޑް އެކުއާރޑް ޗެލެންޖަސް" އަދި ކުރިޔަށް ގެންދާނީ އެމެރިކާގެ ނިއުޔޯރކް ޔުނިވާރސިޓީގެ ކްރެނިއޯފޭޝިއަލް ޓީމެކެވެ.
މި މާސްޓަރ ކުލާހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ އޯރަލް ސަރޖަރީ، ޕްލާސްޓިކް ސަރޖަރީ، ނިއުރޯ ސާރޖަރީ ފަދަ ކްރޭނިއޯ މެކްސިލޮފޭޝަލް ސާރޖަރީއާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ މާހިރުންނަށް ޚާއްސަކުރެވިގެންނެވެ.
އައި.ސީ. އެމް.އެފް.އެސްގެ ތިންދުވަހުގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަނޑޮސް އައިލެންޑު ރިސޯރޓުގައެވެ. މެއި 3 ން 5 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގައި މުޅި ދުނިޔޭގެ އެކި ހިސާބުތަކުން ފުންނާބުއުސް ސިއްޙީ އެތައް ގިނަ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިފަދަ ބައްދަލުވުންތަކުގައި މިކަމާއި ގުޅިގެން ހޯދިފައިވާ ކުރިއެރުންތަކާއި އައު ވިސްނުންތަކާއިި ކުރެވެމުންދާ ދިރާސާތަކާއިބެހޭ ވާހަކަތައް ބަދަލުކޮށްހަދައެވެ. މި ކޮންގްރެސް ގެ ޕްރެޒިޑެންޓަކީ އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާގެ ޕްރޮފެސަރ ޑޮކްޓަރ އެސް.އެމް. ބާލާޖީއެވެ.
ޕްރޮފެސަރ ޑރ. ބަލާޖީ އަކީ އޮނޮރަރީ ކޮންސަލްޓަންޓް ފޭޝިއޯމެކްސިލަރީ ސަރޖަން އެއްގެގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އައި.ޖީ.އެމް.އެޗް އަދި ރީޖަނަލް ހޮސްޕިޓަލްގައި ވަނީ ގިނަ އޮޕަރޭޝަންތައް ކުރައްވާފައެވެ.
ސްވިޒަލޭންޑް އަދި ކެނެޑާގައި ބޭއްވި ދުނިޔޭގެ ކްލެފްޓް ކޮންގްރެސްގައި އެންމެ މޮޅު ސައިންސް ތަހުލީލުތަކާއި ބެހޭ ކަރުދާސް، ދެފަހަރުމަތިން ހާސިލް ކުރެއްވުމާއެކު އިންޑިއާގެ އެސޯސިއޭޝަން އޮފް އޯރަލް އެންޑް މެކްސިލޮފޭޝަލް ސާރޖަންސް ގެ ފަހުރުވެރި "ޖިންވާލާ" ޓްރޮފީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް މެކްސިލޮފޭޝަލް ސަރޖަރީ އިން ރަން މެޑަލް ވެސް ހާސިލްކޮށްފައިވެއެވެ.
މީގެ އިތުރުން ޓެމިލްނާޑޫ ސަރުކާރުގެ ފަރާތުން ދެއްވާ ސައިންޓިސްޓް އެވޯޑް ހާސިލްކުރައްވާފައިވާއިރު، ޑރ. ބަލާޖީ ލިޔުއްވި ފޮތްތަކަށް ޓެމިލްނާޑޫގެ ސަރުކާރުން ދެއްވާ އެންމެ މޮޅު މެޑިކަލް ފޮތުގެ އެވޯޑު ވެސް އެކި ފަހަރުމަތިން ވަނީ ލިބިފައެވެ.
އައިޖީއެމްއެޗުން ބުނީ މިފަދަ ކޮންފަރެންސެއް އައި.ޖީ.އެމް.އެޗްގައި ބޭއްވުމަކީ އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެކަމެއް ކަމަށާއި ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުމަށްލިބޭ އިތުރު ފުރުސަތަކަށް ވެސް ވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!