ބެސްޓް ބަޑީ އިން ރޯދަ މަހަށް ހާއްސަ “ބެސްޓީ ރޯދަ ސޭލް” ފަށައިފިއެވެ.
އެ ފިހާރައިން ބުނެފައިވާ ގޮތުގައި ބެސްޓް ބަޑީން ކުރާ ކޮންމެ 100ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޫޕަން ހުށަހަޅާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގު ހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ.
މި ޕްރޮމޯޝަންގެ ދަށުން އެއްްވަނައަށްދާ ފަރާތަކަށް ރަށު ޕިކަޕެއް ލިބޭނެއެވެ. އަދި ދެވަނައަށްދާ ފަރާތަކަށް ސްމާޓް ޓީވީއެއް ހުށަހަޅާފައިވާއިރު ތިންވަނައަށްދާ ފަރާތަކަށް ބައިސްކަލެއް ވަނީ ހުށަހަޅައިފައެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 20 އިން ފެށިގެން މާޗު 30 އަށެވެ.
މި ޕްރޮމޯޝަނުގެ އިތުރުން ދެ ގިވްއަވޭއެއް ވެސް ބެސްޓްބަޑީން ވަނީ ސޯޝަލް މީޑިއާގައި ފަށައިފައެވެ. އެގޮތުން ބެސްޓް ބަޑީގެ ފޭސްބުކް ޕޭޖަށް ލައިކް ދީ އެ ޕޭޖުގެ ރޯދަ ޕްރޮމޯޝަނާ ގުޅޭ ޕޯސްޓުގެ ކޮމެންޓްބައިގައި ހަތަރު ރައްޓެހިން ޓެގު ކުރުމަށްފަހު ޕޯސްޓް ޕަބްލިކްކޮށް ޝެއާ ކުރުމުން މި ގިވްއަވޭގައި ބައިވެރިވެވޭނެއެވެ.
މި ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ތިން ނަސީބުވެރިއަކަށް ބައިސްކަލު ލިބޭނެއެވެ. މި ގިވްއަވޭގައި ބައިވެރިވުމަށް ބެސްޓް ބަޑީގެ ވައިބާ ކޮމިއުނިޓީއަށް ޖޮއިން ކުރަން ވާނެއެވެ.
ދެވަނަ ގިވްއަވޭގައި ހުށަހަޅާފައިވަނީ 43 އިންޗީގެ ޓީސީއެލް ސްމާޓް ޓީވީއެކެވެ. މި ގިވްއަވޭގައި ބައިވެރިވެވޭނީ ގިވްއަވޭއަށް ހާއްސަ ޕޯސްޓުގައި ހަތަރު ރައްޓެހިން ޓެގުކޮށް ޕަބްލިކްކޮށް ޝެއާ ކުރާ ފަރާތްތަކަށެވެ.
މި ގިވްއަވޭގެ ގުރުއަތުލުން އޮންނާނީ 1 އޭޕްރިލް ވަނަ ދުވަހުގެ ރޭ 9:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!