ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ނެދަލެންޑްސްއާއި ކްރޮއޭޝިއާ ވާދަކުރަން ޖެހޭއިރު ސްޕެއިނާއި އިޓަލީ ބައްދަލުކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ތިންވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗު އަންނަ ޖޫން މަހުގެ މެދުތެރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ނެދަލެންޑްސްގައެވެ.
ނެދަލެންޑްސްއާއި ކްރޮއޭޝިއާ ބައްދަލުކުރާ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ޖޫން 14 ގައި ކުޅުމަށް ތާވަލު ކޮށްފައިވާއިރު، ސްޕެއިނާއި އިޓަލީ ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން 15 ގައެވެ. ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން 18 ގައެވެ.
ސްޕެއިން ވަނީ ނޭޝަންސް ލީގުގެ އެންމެ ފަހުގެ މުބާރާތުގެ ސެމީ ފައިނަލުގައި ވެސް އިޓަލީއާއި ވާދަކޮށްފައެވެ. އެ މެޗު ކާމިޔާބު ކޮށްފައި ވަނީ ސްޕެއިނުންނެވެ. އެންމެ ފަހު މުބާރާތުގެ ޗެމްޕިއަންކަން ފައިނަލުގައި ސްޕެއިން ބަލިކުރުމަށް ފަހު ހޯދީ ފްރާންސެވެ.
ޔުއެފާ ނޭޝަންސް ލީގުގެ އެންމެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފްރާންސް ބަލިކުރުމަށް ފަހު ޕޯޗުގަލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!