ރައިީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ.ދިއްދޫއަށް ކުރެއްވި ދަތުރުގައި އެރަށުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ހާއްސައެހީއެއް ވެދެއްވައިފިއެވެ.

ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިއްދޫގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

Ad
rt

މިބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ހާލު އަހުވާލު އޮޅުންފިލުއްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

މިއަދުގެ ބައްދަލުވުމުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ ޚާއްޞަ އެހީއަށް ބޭނުންވާ އަންހެން ބޭފުޅަކު ވަޒީފާއެއް ހަމަޖައްސަވައި ދެއްވުމަށް ނައިބް ރައީސްގެ އަރިހުން އެދިވަޑައިގެންނެވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޭނާ އެދިވަޑައިގެންނެވި ގޮތަށް ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއެއް ހަމަޖައްސަވައިދެއްވާފައިކަމަށް ރައީސް އޮފީހުން ހުނެފައިވެއެވެ.

މި ދަތުރުގައި އެ މަނިކުފާނުވަނީ ދިއްދޫ ކައުންސިލާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި، އެރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރިޔަށް ރާއްވަވާފައިހުރި ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ