ދަތުރު ކުރުމަށް ލޯބި ކުރާ މީހުންނަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެއާޕޯޓުތަކުގައި ވަރަށް ގިނައިން ޓްރާންސިޓް ކުރަން ޖެހޭ މީހުންނެވެ.

އެފަދަ ފަރާތްކުން ސަމާލުކަންދޭ މުހިންމު ކަންކަމުގެ ތެރޭގައި ޓްރާންސިޓްވާ އެއާޕޯޓުން ލިބޭ ހިދުމަތްތަކާއި އެއާޕޯޓުގެ ފުރިހަމަކަން އަދި އުޅެން ފަސޭހަވަރުގެ އިތުރުން ޖާގަ ހިމެނެ އެވެ.

Ad
rt

ދުނިޔޭގައި ހުރި ތަފާތު އެއާޕޯޓުތަކަށް ބަލާއިރު އެންމެ ބިޒީ އެއާޕޯޓަކީ އެމެރިކާގެ ޖޯޖިއާގެ ހާޓްފީލްޑް ޖެކްސަން އަޓްލާންޓާ އިންޓަނޭޝަނަލް އެއާޕޯޓެވެ. ބިޒީ ވަނީ ޖާގަވެސް ތަނަވަސްވީމައެވެ. އެކަމަކު އެ އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓެއް ނޫނެވެ. އެ ލިސްޓުގެ ގަދަ ހަތެއްގައިވެސް އެ އެއާޕޯޓު ނުހިމެނެ އެވެ.

ތިރީގައި އެވަނީ ދުނިޔޭގެ އެންމެ ބޮޑު ހަތް އެއާޕޯޓެވެ.

7- ޖޯޖް ބުޝް އިންޓަނޭޝަނަލް އެއާޕޯޓު (އެމެރިކާ):

އެމެރިކާގެ ޓެކްސަސްގެ ހޯސްޓަންގައި އޮންނަ މި އެއާޕޯޓަކީ44.5 އަކަ ކިލޯމީޓަރުގެ އެއާޕޯޓެކެވެ. މި އެއާޕޯޓުން އެންޓާޓިކާ ފިޔަވާ ދުނިޔޭގެ ހުރިހާ ބައްރަކަށް ޑައިރެކްޓު ނުވަތަ ޓްރާންސިޓް ފްލައިޓުތައް އޮވެ އެވެ.

worlds biggest airports

އެެ އެއާޕޯޓުގައި އޮން ސައިޓް ހޮޓަލެއް ހުރެ އެވެ. އަދި ފަސް ޓާމިނަލް އާއި ފަސް ރަންވޭ އޮވެ އެވެ.

6- ބެއިޖިން ޑަކްސިން އިންޓަނޭޝަނަލް އެއާޕޯޓު (ޗައިނާ):

އެ އެއާޕޯޓަކީ 46.6 އަކަ ކިލޯމީޓަރުގެ ބޮޑު އެއާޕޯޓެކެވެ. އެއާޕޯޓުގެ ޓާމިން ސަރަހައްދުގައި އެކަނިވެސް 696،773 އަކަ ކިލޯ މީޓަރު ހުރެ އެވެ.

މިއީ ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓުތަކުގެ ތެރޭ ހިމެނޭ ތަނަކަށް ވާއިރު 2040 ވަނަ އަހަރު މި އެއާޕޯޓު އެ ލިސްޓުގެ އެއް ވަނައަށް އަރަނެ ކަމަށް ލަފާ ކުރެ އެވެ.

worlds biggest airports

ބެއިޖިން ޑަކްސިން އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ 2019 ވަނަ އަހަރު އެވެ.

5- ވޮޝިންޓަން ޑަލެސް އިމްޓަނޭޝަނަލް އެއާޕޯޓު (އެމެރިކާ):

ވޮޝިންޓަން ޑިސީގެ މެޓްރޯޕޮލިޓަން ސަރަހައްދުގައި ބޮޑު ތިން އެއާޕޯޓެއް އޮވެ އެވެ. ކޮންމެ އެއާޕޯޓެއްވެސް ތަރައްގީކޮށްފައިވަނީ ގާތްގަނޑަކަށް އެ އަދަދަކަށް ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. ނަމަވެސް މުޅި އެއާޕޯޓުގެ ބޮޑު މިނަށް ބަލާއިރު އެ އެއާޕޯޓުގެ ބޮޑެވެ.

worlds biggest airports

1962 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓުގެ ބޮޑުމިނުގައި 48.6 އަކަ ކިލޯމީޓާރު ހުރެ އެވެ.

4- އޮލާންޑޯ އިންޓަނޭޝަނަލް އެއާޕޯޓު (އެމެރިކާ)

އޮލާންޑޯ އިންޓަނޭޝަނަލް އެއާޕޯޓު އޮންނަނީ ފްލޮރިޑާގެ އޮލާންޑޯ ސިޓީގައި އެވެ. އެއީ 53.8 އަކަ ކިލޯމީޓާރުގެ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. 1975 ވަނަ އަހަރާއި ހަމައަށް އެ އެއާޕޯޓު ބޭނުން ކުރީ އަސްކަރީ އެއާޕޯޓެއްގެ ގޮތުގައި އެވެ.

worlds biggest airports

އެއީ ފްލޮރިޑާގެ އެންމެ ބިޒީ އެއާޕޯޓަށް ވާއިރު އެމެރިކާގެ ހަތް ވަނައަށް އެންމެ ބިޒީ އެއާޕޯޓެވެ.

3- ޑައްލާސް/ ފޯރޓް ވާރތު އިންޓަނޭޝަމަލް އެއާޕޯޓު (އެމެރިކާ):

ޓެކްސަސްގެ ޑައްލާސް ގައި އޮންނަ ފޯރޓް ފާރތު އިންޓަނޭޝަނަލް އެއާޕޯޓަކީ 69.6 އަކަ ކިލޯމޯޓާރުގެ އެއާޕޯޓެކެވެ.

އެ އެއާޕޯޓަކީ އެމެރިކާގެ ހުރިހާ އެއާލައިންތަކެއްގެ ހެޑްކުއާޓާސް ހުންނަ ތަނެވެ. އަދި މައިގަނޑު ގޮތެއްގައި ހުރިހާ ފްލައިޓުތައް ދަތުރު ފަށާ އެއާޕޯޓެވެ.

worlds biggest airports

ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އެއާޕޯޓަކީ އެމެރިކާގައި ދެވަނައަށް އެންމެ ބިޒީ އެއާޕޯޓެވެ.

2- ޑެންވަރ އިންޓަނޭޝަނަލް އެއާޕޯޓު (އެމެރިކާ):

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކޮލޮރޑޯގެ ޑެންވަރ ގައި އޮންނަ މި އެއާޕޯޓަކީ 401 އަކަ ކިލޯމީޓަރުގެ ބޮޑު އެއާޕޯޓެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި އޮންނަނީ އެ ސިޓީގެ ދަނޑުވެރިކަން ކުރާ ސަރަހައްދެއްގައި އެވެ.

worlds biggest airports

މި އެއާޕޯޓުގެ ބޮޑު ކަމުން ބިމު އަޑީގެ ރޭލުތައް މައި ޓާމިނަލްގެ ދޮރު ކައިރިއަށް މަޑު ކުރާގޮތަށް ހަމަޖައްސާފައިވާއިރު އެ އެއާޕޯޓުގެ އެހެން ގޭޓުތަކަށްވެސް ރޭލު މަޑު ކުރެ އެވެ.

1- ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓު (ސައުދީ އަރަބިއްޔާ):

އެ ގައުމުގެ ސިޓީއެއް ކަމަށްވާ ދަންމާމްގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަކީ 776 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. އެއީ އެމެރިކާގެ ނިއުޔޯކް ސިޓީ ވަރުގެ އެއާޕޯޓަކަށް ވާއިރު އެ ސިޓީގެ ސަރަހައްދުގެ ތެރޭގައި ދެ އެއާޕޯޓު އޮތުމުން ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓުގެ ބޮޑުމިން އަންދާޒާ ކޮށްލެވޭނެ އެވެ.

ޖާގައިގެ ގޮތުން އެންމެ ބޮޑު އެއާޕޯޓުގެ ޝަރަފު ލިބުނަސް ސައުދީއަށް އެކަނި ބެލިޔަސް އެއީ އެންމެ ބިޒީ އެއާޕޯޓެއް ނޫނެވެ.

ސައުދީގައި އެންމެ ބިޒީ އެއާޕޯޓަކީ ދުނިޔޭގެ އެކި ކަންކަކޮޅުތަކުން ހައްޖާއި އުމްރާއަށް މީހުން ގޮސް އެގައުމަށް އެތެރެވާ ޖިއްދާ ސިޓީގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓެވެ.