ފުނަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ވޮލީ ކޯޗިންގ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
މި ކޭމްޕުގެ މައުލޫމާތު "ތިލަދުން" އާ ހިއްސާ ކުރައްވަމުން އެރަށު ކައުންސިލުގެ ރައީސް އަހްމަދު އިބްރާހިމް ވިދާޅުވީ މި ކޭމްޕު ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މިއީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ.
އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕަކީ ހަމައެކަނި އެރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ކޭމްޕެއް ކަމަށާއި މި ކޭމްޕުގައި ބައިވެރިވުމުގެ ޝައުގުވެރިކަން މިހައިތަނަށް 22 ފަރާތަކުން ފާޅުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ އަދަދު އިތުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ކޭމްޕުގައި ކިޔަވައިދޭނީ ވޮލީ ކޯޗިންގ ގެ ބޭސިކް ހަދާފައިވާ އެރަށުގެ ކުދިން ކަމަށް ވެސް އަހްމަދު ވިދާޅުވި އެވެ.
އަހްމަދު އިބްރާހިމް ވިދާޅުވީ މިފަދަ ކޯޗިންގ ކޭމްޕެއް ބޭއްވުމުގެ ބޭނުމަކީ ރަށުގައި ތިބި ވޮލީ ކުޅުންތެރިން ހާއްސަކޮށް ވޮލީ ކުޅޭ އަންހެންކުދިންގެ ހުނަރު އިތުރަށް ތަރައްގީކޮށް، ތާޒާކޮށްލުން ކަމަށެވެ.
މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު ޖެހުމަށްފަހު، 9702715 ފޯނަށް އެސްއެމްއެސް ކުރެއްވުމަށް ފުނަދޫ ކައުންސިލުން ވަނީ އެދިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!