ހދ މަކުނުދޫއިން 2 މީހުންނާއިއެކު ފީނަން ނިކުތް ޑިންގީ އެއް ރޭ ބަންޑުން ޖަހާލައިފިއެވެ.

މަކުނުދޫއިން 2 މީހުންނާއިއެކު ފީނަން ނިކުން ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު ރޭ 8:55 އެހާއިރު މަކުނުދޫ ޕޮލިސް ސްޓޭޝަން ލިބިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Ad
rt

ފުލުހުން ވިދާޅުވީ މި މަޢުލޫމާތާއި ގުޅިގެން މަކުނުދޫ ފުލުހުން ރޭ ވަނީ އެސަރަހައްދަށް ގޮސް ޑިންގީއާއިއެކު އެ ދެމީހުން މާކުރަތު ދޯންޏެއްގެ އެހީތެރިކަމާއިއެކު މަކުނުދޫ އަށް ގެނެސްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިނުވާކަމަށާއި ޑިންގާގައި ފީނަން ނިކުން ދެ މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

މަކުނުދޫ އަކީ މަސްވެރިކަން ކުރުމުގައި އުތުރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ބޮޑު ފަޅެއް އޮންނަ މިރަށު މީހުން މަސްވެރިކަން ކުރުމަށާއި ފީނުމަށް ރޭގަނޑު ޑިންގީގައި ފަޅުތެރެއަށް ނިކުމެއެވެ.