ބާދުޝާހު ޑަބްލިއުސްއޭ ބީޗް ގޭމްސް ކުޅުދުއްްފުށީގައި ފަށައިފި އެވެ.

ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑަބްލިޔު އެސްއޭއިން އިންތިޒާމުކޮށްގެން ބާއްވާ ބާދުޝާހު ޑަބްލިއުސްއޭ ބީޗް ގޭމްސް ކުރިޔަށްދާނީ އިއްޔެއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

ރާއްޖޭގައިވެސް ފުރަތަމަ ފަހަރަށް ބާއްވާ ބީޗް ގޭމްސްގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ތްރީ އޮން ތްރީ ބާސްކެޓާއި، ބީޗް ހޭންޑް ބޯލާއި ބީޗް ވޮލީ ބޯލް އަދި ނެޓްބޯލް ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ ބެޑްމިންޓަންވެސް މި ގޭމްސްގެ ތެރެއިން ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

500 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވާ މި ބީޗް ގޭމްސްގައި 107 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީގައި ކުރިޔަށް މި ގޭމްސްގެ މެޗްތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅީގެ މެޗްތައް ކުރިޔަށް ދާނީ ހެނދުނު 06:30 ފެށިގެން 09:00 އަށެވެ. އަދި މެންދުރުގެ ދަންފަޅި ކުރިޔަށްދާނީ ހަވީރު 03:30 ފެށިގެން އިރުއޮއްސި 06:00 އަށެވެ.