އާޓިފިޝަލް ބީޗު "އުރީދޫ ފޭން ޒޯން" ގައި ބުރެޒިލް ސަޕޯޓަރުން ރޭ، ވަރަށް ފޯރި ނަގައިފި އެވެ.
އުރީދޫ މޯލްޑިވްސް އާއި މާލޭ ސިޓީ ކައުންސިލް، މޯލްޑިވްސް އިސްލާމިކް ބޭންކު، މީޑިއާނެޓް، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ، ޕްރިންޓް ލެބް އަދި އިވެންޓް މޯލްޑިވްސް ގުޅިގެން އާޓިފިޝަލް ބީޗު ގައި ހަދާފައިވާ "އުރީދޫ ފޭން ޒޯން" 11:30 ފެށިގެން ސަޕޯޓަރުން ދިޔައީ ޖަމާ ވަމުންނެވެ.
ރާއްޖެ ގަޑިން 00:00 ގައި ފެށި މިމެޗަށް ވަރަށް ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވެއެވެ. އާޓިފިޝަލް ބީޗް ސަރަހައްދު އޮތީ އެކީހެން ފުރިފަ އެވެ.
އެސަރަހައްދުގައި ގިނައީ ބުރެޒިލް ސަޕޯޓަރުންނެވެ. ފުރަތަމަ ހާފަށްވުރެއް ފޯރި ގަދަކޮށް ފެނިގެންދިޔަ ދެވަނަ ހާފުގައި ސަޕޯޓަރުންގެ އަޑު އިތުރަށް ގަދަވެފައިވެއެވެ.

ނޭމާ ތަނަވަސްކުރި ފުރުސަތެއްގައި ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާ ގޯލްކީޕަރު ވަންޔާ މިލިންކޮވިޗް ސަވިޗް ދިފާއު ކުރި ވަގުތު ރީބައުންސް ވެފައި އައި ބޯޅައިން، ބްރެޒިލްގެ ފުރަތަމަ ލަނޑު ރިޗާލިސަން ޖެހުމާއި އެކު އެސަރަހައްދުގައި ސަޕޯޓަރުންގެ ހަޅޭކާއި އެކު ވަނީ އަޑު ބައްދާލާފަ އެވެ.
73 ވަނަ މިނެޓްގައި ވިނީޝަސް ދިން ޕާހަކުން މެޗުގެ ދެވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ރިޗާލިސަން އެވެ. މި ގޯލު ޖެހިލެއް ރީތި ކަމުން ފުރަތަމަ ސަޕޯޓަރުން ތިބީ ބަސް ހުއްޓިފަ އެވެ. ރިޗާލިސަންގެ މި ގޯލަކީ މިހާތަނަށް މި މުބާރާތުގައި ފެނިގެން ދިޔަ އެންމެ ހިތްގައިމު ގޯލެވެ. ސާބިޔާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ވިނީޝަސް ދިން ޕާސް ވައިގެތެރޭ ކޮންޓްރޯލް ކޮށްލުމަށް ފަހު ވޮލީ އަކުން ބޯޅަ ގޯލަށް ވައްދާލީ ބިމުގައި ނުޖައްސަ އެވެ.
މި ގޯލުގެ ރިޕްލައި ދެއްކި ވަގުތު ގިނަ ސަޕޯޓަރުން ސްނެޕް ކުރާތަން ފެނިގެން ގޮސްފައިވެއެވެ. މުޅި މީސް މީޑީއާގައި މިއަދުވެސް ދައުރު ވަމުން ދަނީ އެ ރީތި ގޯލުގެ ވީޑިއޯ ތަކާއި ފޮޓޯ ތަކެވެ.

މި މެޗުގައި ސާބިޔާގެ ފަރާތުން މާބޮޑު އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު އެޓީމަށް ބްރެޒިލްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ. މެޗު ނިމުނީ 2-0 ގެ ނަތީޖާ އަކުން ބުރެޒިލް މޮޅުވެގެން ނެވެ.
މެޗް ނިމުމުންވެސް ސަޕޯޓަރުންގެ ސަޕޯޓަށް ނިމުމެއް ނާދެއެވެ. ބައެއް ފަރާތްތަކުން އެސަރަހައްދުގައި ލަވަކިޔާ ނަށާތަންވެސް ފެނެއެވެ.
އުރީދޫ މޯލްޑިވްސްއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.
އާޓިފިޝަލް ބީޗުގައި މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ރަސްމިއްތާތެއްގައި މި ފޭން ޒޯންތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުޚާލިދު އަލް ހަމާދީއެވެ.

މި ފޭން ޒޯންތަކަކީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އެކުވެރިންނާއި އާއިލާއާ އެކު މެޗުތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާނެޓާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެލައިޑް އިންޝުއަރެންސާއި މާލެ ސިޓީ ކައުންސިލާއި ރާއްޖޭގެ ބޮޑެތި ކެފޭތަކާއި ރަށު ކައުންސިލްތަކާއި ޒުވާނުން ބާރުވެރިކުރުވުމުގެ ޖަމިއްޔާޖަމާއަތްތަކާ ގުޅިގެން އުފައްދާފައިވާ ޒޯންތަކެކެވެ.
ފޭން ޒޯންތަކުގެ އިތުރުން އުރީދޫއިން ވަނީ ވޯލްޑް ކަޕަށް ހާއްސަ އޮފާތަކެއްވެސް ލޯންޗްކޮށްފައެވެ. އެގޮތުން، މެޗުތައް ބަލާލުމަށް ވޯލްޑް ކަޕް ޕެކް މެދުވެރިކޮށް 100 ޖީބީ ޑޭޓާ ގެ އިތުރުން މީޑިއާނެޓް އެޕަށް ހިލޭ 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ލިބޭނެއެވެ. އަދި ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާ އެޕްގައި http://ore.do/goalr ހުޅުވާލެވިފައިވާ އުރީދޫ ފުޓްބޯލް ފޯރީ ލީގުގައި ބައިވެރިވެ، ސީ ގިއާ އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!