ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މާރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓްރޮފީ ހަވާލުކޮށްފިއެވެ.
މި ޤުރުއާން މުބާރާތަކީ މާރަންދޫ ކައުންސިލް ޤުރުއާން މުބާރާތުގެ ނަމުގައި އެ ކައުންސިލުން ކުރިން ބާއްވަމުން އައިސްފައިވާ މުބާރާތެކެވެ. ނަމަވެސް އެ ކައުންސިލުން ވަނީ މިފަހަރު އެ މުބާރާތް ރީބްރޭންޑްކޮށް "މާރަންތަރި ޤުރުއާން މުބާރާތް" ގެ ނަމަށް ބަދަލުކޮށްފައެވެ. މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވާފައި ވަނީ ހުކުރު ދުވަހުގެ ރެއެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބަލައިގެން ކިޔުމުގެ ގޮތްޕާއި ނުބަލާ ކިޔުމުގެ ގޮފި ހިމެނޭހެން ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. ދެ ގޮފި ހިމެނޭހެން ޖުމްލަ 114 ފަރާތަކުން މި މުބާރާތުގައި ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ވަނަތަކަށް ޖުމްލަ ގޮތެއްގައި ބަލައިލާއިރު، މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ 5 ދަރިވަރަން، ނުބަލާ ކިޔުމުގެ ގޮފިން 3 ވަނަ 5 ދަރިވަރުން، ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ 6 ދަރިވަރުން، ނުބަލާ ކިޔުމުގެ ގޮފިން 2 ވަނަ 6 ދަރިވަރުން، ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ 5 ދަރިވަރުން، އަދި ނުބަލާ ކިޔުމުގެ ގޮފިން 1 ވަނަ 5 ދަރިވަރުން ވަނީ ހާސިލް ކޮށްފައެވެ.
މުޅި މުބާރާތުން އެންމެ މަތީ މާކްސް ހޯދައިގެން އެލްމޯބައިލްއިން ދެއްވާ ހާއްސަ އިނާމް ހާސިލް ކޮށްފައި ވަނީ، މާރަންދޫ / ދޫރެސް ސަދާން އަބްދުއްސައްތާރެވެ.
މާރަންތަރި ޤުރުއާން މުބާރާތަކީ މާރަންދޫ ކައުންސިލާއި އެ ރަށުގެ ހުރިހާ މުވައްސަސާތަކާއި ކުލަބް ޖަމްއިއްޔާތައް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ.
މާރަންތަރި ޤުރުއާން މުބާރާތުގެ މެއިން ސުޕޮންސާއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މޯބައިލް ފޯނުގެ ވިޔަފާރި ކުރަމުން އަންނަ އެލް މޯބައިލްއެވެ.
މާރަންދޫ ކައުންސިލާއި އެ ރަށު ކޮމިއުނިޓީ ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔަ މަދަހަ މުބާރާތުގެ ނަތީޖާ ވެސް އެ ޖަލްސާގައި ވަނީ ފާޅުކޮށްފައެވެ.
މަދަހަ މުބާރާތުގައި 4 އުމުރު ފުރާޔަކުން 49 ދަރިވަރުން ވާދަކޮށްފައިވެއެވެ. ޖުމްލަ ގޮތެއްގައި މަދަހަ މުބާރާތުގެ ވަނަތަކަށް ބަލައިލާއިރު މަދަހަ މުބާރާތުގެ 3 ވަނަ 5 ދަރިވަރަކު، މުބާރާތުގެ 2 ވަނަ 5 ދަރިވަރަކު އަދި މަދަހަ މުބާރާތުގެ 1 ވަނަ 5 ދަރިވަރަކު ވަނީ ހާސިލް ކޮށްފައެވެ.
މި އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންންބަރ މުޙަންމަދު ޝިފާޢުއެވެ. މީގެ އިތުރުން މި ޖަލްސާގައި ހއ.އަތޮޅުކައުންސިލް ރައީސް މޫސާ ޝަފީގްއާއި އަތޮޅު ކައުންސިލްގެ އެސް.ޖީ މުޙަންމަދު އަސްލަމާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެނޑް އިންފުރާ ސްޓްރަކްޗަރގެ ސީނިޔަރ އެގްޒެކްޓިވް ދާއޫދު އިބްރާހީމް މި ޖަލްސާގައި ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ދެމުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލުމުގައި އެހީތެރިވެ ދެއްވި ފަރާތްތަކަށް މާރަންދޫ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ. މިގޮތުން އެލް މޮބައިލް، މާރަންދޫ ޒުވާނުންގެ ޖަމިއްޔާ، މާރަންދޫ ޔޫތު ސޮސައިޓީ، އެމްޑަބްލިއުއެސްސީ، މާރަންދޫ ސްކޫލް، މާރަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ބަނޑޭރި ސްޓާ ސްޕޯޓްސް ކުލަބު، މާރަންދޫ ހެލްތު ސެންޓަރ، މާރަންދޫ ފެނަކައިގެ އިތުރުން މާރަންދޫ އެސްޓީއޯ ފާމަސީގެ ނަން ފާހަގަކޮށް އެ ފަރާތްތަކަށް މާރަންދޫ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އެ ކައުންސިލުން ވިދާޅުވެފައި ވަނީ މި ދެ މުބާރާތް ކުރިއަށް އޮތް އަހަރު މި އަހަރުގެ މުބާރާތައްވުރެ ފުރިހަމަކޮށް ކުރިއަށް ގެންދިޔުމަށް މިހާރު ވިސްނަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!