އިނގިރޭސި ލީގުގައި ލީޑްސް ޔުނައިޓެޑުން ފަހުވަގުތު ޖެހިގޯލުން ލިވަޕޫލް ބަލިކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ލިވަޕޫލު ދަނޑުގައި ކުޅުނު މެޗުން ލީޑްސް އިން ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗު ގެ ފުރަތަަމަ ގޯލު ޖެހީ ވެސް ލީޑްސް އިންނެވެ. ލިވަޕޫލު ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގާ މިގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 4 ވަނަ މިނެޓުގައި ރޮޑްރިގޯ މޮރޭނޯ އެވެ. ލީޑްސްއިން ލަނޑު ޖެހިތާ 10 މިނެޓް ފަހުން ސަލާހް ވަނީ ގޯލެއްޖަހައި ލިވަޕޫލަށް ނަތީޖާ ހަމަ ހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވެގެންނެވެ. ލީޑްސްއިން ތިންޕޮއިންޓް ކަށަވަރުކުރީ މެޗުގެ 89 މިނެޓުގައި ސަމަވިލް ޖަހއިދިން ގޯލުންނެވެ.

ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު ލިވަޕޫލުން ވަނީ މެޗުގައި 16 ހަމަލާއެއް ފޮނުވައިލާފައެވެ. އޭގެ ތެރެއިން 9 ހަމަލާ ވަނީ ގޯލާއި އަމާޒު ވެފައެވެ. ލީޑްސްއިން ފޮނުވާލި 12 ހަމަލާގެތެރެއިން 6 ހަމަލާއެއް ވަނީ ގޯލާއި އަމާޒު ވެފައެވެ.

މި ނަތީޖާއާއި އެކު ލިވަޕޫލު އޮތީ 12 މެޗުން ލިބުނު 16 ޕޮއިންޓާއެކު ލީގު ތާވަލުގެ 9 ވަނައިގައެވެ. 12 މެޗުން ލިބުނު 12 ޕޮއިންޓާއެކު ލީޑްސް އޮތީ ތާވަލުގެ 15 ވަނައިގައެވެ.