އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އެޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް މުޙައްމަދު ޝިފާޒު މާލޭގައި ދިރިއުޅުއްވާ ހއ، ހދ އަދި ށ އަތޮޅުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

Ad
rt

ރޭ 21:00 ގައި އުނިމާ ގްރާންޑް ފުރަތަމަ ފަންގިފިލާގައި ބޭއްވެވި މި ބައްދަލުވުގައި މާލޭގައި ދިރިއުޅުއްވާ ގިނަ އަދަދެއްގެ ތިލަދުންމަތީގެ އެމްޑީޕީ މެމްބަރުން ބައިވެރިވެ ލައްވާފައި ވެއެވެ. މި ބައްދަލުވުމުގައި ޝިފާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޒު އަދި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްޚަކީމް ވެސް ބައިވެރިވެ ލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުންދަނީ ޝީފާޒު އަށް ތާޢީދު ކުރައްވާކަން ހާމަކުރައްވަމުން ނެވެ. ވޭތުވެ ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ރައީސް ނަޝީދުވެސް ވަނީ ޝިފާޒަކީ އެމްޑީޕީއަށް ވަފާތެރި ބޭފުޅެއް ކަމަށާއި އަބަދުވެސް ޝިފާޒު ހުންނާނީ އެމްޑީޕީގައި ކަމަށެވެ.

ޝިފާޒަކީ 2009 ވަނަ އަހަރުން ފެށިގެން ފެބްރުއަރީ 2014 ވަނަ އަހަރާއި ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ އަދި އޭގެ ފަހުން ބޭއްވުނު އެމްޑީޕީ ލީޑަރޝިޕް އިންތިހާބުގައި އެޕާޓީގެ ނައިބް ރައީސް ކަމަށް ވާދަކޮށް ކާމިޔާބު ކުރެއްވި ފަރާތެކެވެ. މިހާރު ރައީސް އޮފީހުގެ މިނިސްޓަރެއްވެސް މެއެވެ.

ޝިފާޒުގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އެވެ.