ކުޅުދުއްފުއްޓާއި އައްޑޫ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދޭނަން: މުއިއްޒު
ޕީއެންސީގެ ވެރިކަމެއްގައި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “މުއިއްޒު ރައްޔިތުންގެ ގާތަށް”ގެ ނަމުގައި ބޭއްވި ސުވާލާއި ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެ ދެ ސިޓީގައި ވެސް ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރައްވާ ވިދާޅ...