ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން އީދު ބަންދުގައި ބައެއް ޚިދުމަތްތައް ބަންދުވާނެ ކަމަށް ހާމަކޮށްފިއެވެ.

ކޭއާރްއެޗު އިން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ މިއަހަރުގެ ފިތުރު އީދާއި ގުޅިގެން މި އޭޕްރިލް މަހުގެ 21، 22 އަދި 23 ގައި އެ ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ.

Ad
rt

އެގޮތުން ހާއްސަ ބަލިތަކުގެ އޯޕީޑީ، ޕަބްލިކް ހެލްތު، އިމަޖެންސީ ޑައިގްނޯސްޓިކްގެ ޚިދުމަތް ބަންދުވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އިދާރީ އޮފީސް ވެސް ބަންދުވާނެ ކަމަށް ބުނެފައި ވެއެވެ.

އެހެންނަމަވެސް އާންމުބަލީގެ ޑޮކްޓަރުގެ ޚިދުމަތް ހެނދުނު 8 ން ދަންވަރު 12 ޖަހަންދެން އަދި ޓްރޯމާ އެންޑް އިމަޖެންސީ ގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ވެސް ކޭއާރްއެޗުން ވަނީ ބުނެފައެވެ.