އައު އޯޕީޑީގެ ޚިދުމަތް ފެށުމާއެކު ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ބަދަލު އަންނާނެ: ކޭއާރުއެޗު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގެ އައު އޯޕީޑީގެ ޚިދުމަތްފެށުމާއެކު އެ ހޮސްޕިޓަލް ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗުން ވިދާޅުވީ، އެ ހޮސްޕިޓަލްގެ އައު އޯޕީޑީގެ ޚިދުމަތްފެށުމާއެކު އެ ހޮސްޕިޓަލްގައި ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ވަނީ ބަދަލު ގެނައުމަށް ހަމަޖެހިފއެވެ. އަދި ބޭސް އެޅުމާއި ލެބޯޓަރީ ސާމްޕަލް ނެގުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ރޭގަނޑު 19:00 […]