ހދ. އަތޮޅުގެ ސިއްހީ ހިދުމަތްތެރިންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމް 22 ފަރާތަކުން ފުރިހަމަކޮށްފި
ބިދޭސީ މަސައްކަތްތެރިންގެ އާންމު ސިއްހަތާއި ބެހޭ ކަންކަން އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް، ހ. ދ އަތޮޅުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް 22 ފަރާތަކުން ފުރިހަމަކޮށްފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާާޅުވީ، ‘ޓްރެއިނިންގ ފޮރ ހެލްތު ވޯރކާސް އިން މައިގްރެންޓް ހެލްތު އެންޑް ކޮމިއުނިކެބަލް ޑިޒީސަސް’ ގެ ނަމުގައި 31 އޮގަސްޓް 2022 ފެށި ދެ ދުވަހުގެ މި ތަމްރީން ޕްރޮގްރާމްގެ ނިންމު...